ސޯފިއާ އާއި ޖޯ ވަރިވެއްޖެ

ސޯފިއާ އާއި ޖޯ ވަރިވެއްޖެ

Author
ފާތިމަތު ނާވީ
21 ޖުލައި 2023 11:05
0

އެމެރިކާ/ކެނެޑާގެ މަޝްހޫރު އެކްޓްރެސް، ސޯފިއާ ވަރްގާރާ އާއި އެމެރިކާގެ އެކްޓަރު، ޖޯ މަންގަނިއެލޯ ވަރިވެފައިވާ ކަމަށް އެމީހުން އިއުލާން ކޮށްފިއެވެ.

އެކުގައި ހަތް އަހަރު އުޅުމަށްފަހު މި ދެތަރިން ވަކިވެފައިވަނީ ކޮން ސަބަބަކާއި ހެދިކަމެއް ކަށަވަރެއް ނުވެއެވެ. 50 އަހަރު ބަތަލާ އާއި 46 އަހަރުގެ އެކްޓަރު 2013 ވަނަ އަހަރުގައި ފްލޮރިޑާއި އެދެތަރިން ކައިވެނި ކުރި ހަފްލާގައި ހޮލީވުޑްގެ ގިން އަދަދެއްގެ ތަރިން ވަނީބައިވެރި ވެފައިއެވެ.

އެދެމީހުން ނަށް ދަރިއަކު ލިބިފައިއެއް ނުވެއެވެ. ނަމަވެސް ސޯފިއާ އަކީ 31 އަހަރުގެ ދަރިއެއްގެ މަންމައެކެވެ. އެއީ ސޯފިއާގެ އަލަތު ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ.

 

View this post on Instagram

 

A post shared by Sofia Vergara (@sofiavergara)

ސޯފިއާ އާއި ޖޯ ވަރިވިކަން އެ ތަރިން ވަނީ ޕޭޖް ސިކްސްއަށް ކަށަވަރުކޮށްދީފަ އެވެ. އިތުރަށް ބުނެފައިވަނީ  މިއީ ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި މި ދަނޑިވަޅުގައި އެމީހުންގެ ޕްރައިވެސީއަށް އާންމުން އިހުތިރާމު ކުރުމަށް އެދޭ ކަމަށެވެ

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.