އާލިއާގެ ކްލޯތިން ބްރޭންޑް ގަންނަން މަހުޖަނު އަމްބާނީގެ ބޮޑު އޮފާއެއް

އާލިއާގެ ކްލޯތިން ބްރޭންޑް ގަންނަން މަހުޖަނު އަމްބާނީގެ ބޮޑު އޮފާއެއް

Author
ފާތިމަތު ނާވީ
20 ޖުލައި 2023 02:16
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ކްލޯތިން ބްރޭންޑް، އެޑް-އަ-މަމާ ގަންނަން އިންޑިއާގެ މަޝްހޫރު މަހުޖަނު މުކޭޝް އަމްބާނީ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ލޯންޗުކުރި މި ކްލޯތިންގ ބްރޭންޑް ގަންނަން އިންޑިއާގެ އެންމެ މުއްސަދި އަދި އިންޑިއާގެ އަމިއްލަ މުވާސަލާތީ ކުންފުނި، ރިލަޔަންސް ޖިއޯގެ ވެރިޔާ މުކޭޝް އަމްބާނީ އާއި އޭނާގެ އަންހެން ދަރިފުޅު އީޝާ އަމްބާނީ، ހުށަހަޅާފައި ވަނީ 300-350 ކްރޯޑް ރުޕީސް (37-43 މިލިއަން) ޑޮލަރުގެ އަގަކަށް ކަމަށް ޕިންކް ވިލާއިން ވަނީ ބުނެފައިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަމްބާނީ ހުށަހެޅި ޑީލާ މެދުގައި އާލިއާ ކުރިއަށް އޮތް ދިހަ ދުވަސް ތެރޭގައި ގޮތެއް ނިންމާނެ އެވެ. މިފުރުސަތު ވެގެންދާނީ އާލިއާގެ ވިޔަފާރި އިތުރަށް ކުރިއެރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. 2020 ގައި ލޯންޗްކުރި އެޑް-އަ-މަމާގެ ރައުސުލްމާލު މިހާރު 150 ކްރޯޑް ރުޕީސް (18.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

 

View this post on Instagram

 

A post shared by Ed-a-Mamma (@edamamma)

މިދިއަ އަހަރު އަލަތު މަންމަ އަކަށްވި 30 އަހަރުގެ ބަތަލާގެ "އެޑް-އަ-މާ" ބްރޭންޑްގެ ދަށުން ބާޒާރަށް ނެރެފައި ވަނީ ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ ހެދުންތަކެވެ. އަދި މާބަނޑު އަންހެނުންނަށް ހާއްސަ ހެދުންތަކެއް ވެސް މިބްރޭންޑްގެ ދަށުން ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި މި ބްރޭންޑަކީ މިހާރު އިންޑިއާގެ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.