ބޮލީވުޑްގެ ނުފުޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ޕްރެންޒޗައިޒް "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ތިން ވަނަ ފިލްްމް ޝަނާޔާ އަށް ލިބިފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.
ޝަނާޔާ ވަނީ މީގެ ކުރިންވެސް ދަރްމާގެ ފިލްމް އަކަށް ސޮއި ކޮށްފައިއެވެ. އަދި ފިލްމް އިއުލާން ކޮށް އޭގެ ޕޯސްޓަރެއްވެސް ވަނީ އޭރު އާންމު ކޮށްފައިއެވެ. ނަމަވެސް ފހުން ފިލްމް ގެ އެއްވެސް ހަބަރެއް އަޕްޑޭޓޭއް ނުލިބެއެވެ.
ދަރުމާ ޕްރޮޑަކްޝަނުން 2021 ގައި "ބޭދަޅަކު" އިއުލާން ކުރި ނަމަވެސް ފިލްމް ގެ އެއްވެސް މަސައްކަތެއް މިހާތަނަށް އައި އިރުގައި ކުރެވިފައިއެއް ނުވެއެވެ. އެކަމަކު ފިލްމްގެ ޕޯސްޓަރަކާއި އެކުގައި ފިލްމް އިއުލާން ކުރި އިރުގައި މި ފިލްމް އިން ފެނިގެންދާނީ ޝަނާޔާ އާއި އެކުގައި ގުރްފަތޭ ޕިރްޒަދާ އާއި ލަކްޝްޔާއެވެ.
ނަމަވެސް މިދިއަ ހަފްތާގައި ޝަނާޔާ އަށް ފިލްމް އެއް ލިބުންކަން ވަނީ އިއުލާންކޮށްފައިއެވެ. އެއީ ސައުތުގެ ވަރުގަދަ ތަރިއެއް ކަމުގައިވާ މަންމޯހަން ލާލް ގެ ފިލްމް އެކެވެ.
އެ ފިލްމްގެ ކާސްޓުގައި ރޯޝަން މެކާ އާއި ލަވަކިޔުންތެރިޔާ ޒަހްރާ އެސް ޚާން ހިމެނެ ވެ. ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ/ލަވަކިޔުންތެރިޔާ ސަލްމާ އާގާގެ ދަރިފުޅު ޒަހްރާ އަކީ މި ފަހުން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔަމުން އަންނަ ފަންނާނެކެވެ. އޭނަ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ސުކޫ ސުކޫ" ފާހަގަކޮށްލެވެ އެވެ.
ޕިންކްވިލާ އިން ބުނީ އެ ފިލްމް ހަދަން ނިންމާފައި ވަނީ ވެބް ސީރީޒެއްގެ ގޮތުގައި ކަމަށެވެ. މި ފިލްްމް ގެެނެސްދޭނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ. އަދި އޭގެ ބަތަލާ ރޯލު ކުޅޭނީ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ކަމަށެވެ. ޝަނާޔާ، 22، އަކީ މި ހަފުތާގައި އިންޑިއާގެ މަޝްހޫރު އެކްޓަރު މޯހަންލާލްގެ ބޮޑު ބަޖެޓް ފިލްމު "ރުޝާބާ" އަށް ސޮއިކުރި ބަތަލާ އެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ 3″ ހަދަން ތައްޔާރުވާ އިރު، މި ޕްރޮޖެކްޓް މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ" އަކީ ކަރަން ޑައިރެކްޓްކޮށް 2012 ގައި ނެރުނު ފިލްމެކެވެ. އެއީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ. އަދި ޕުނީތު މަލްއުތުރާ ޑައިރެކްޓްކުރި 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2″ އަކީ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ބޮލީވުޑަށް ނެރުނު ފިލްމެވެ.
ކޮމެންޓު ފޮނުވާ