މުއްސަދިންނާއި، ފަގީރުންގެ ފަރަގު ކުޑަކުރެވޭނީ ޤާސިމްގެ ސިޔާސަތު ތަންފީޒުވެގެން: އަމީން

މުއްސަދިންނާއި، ފަގީރުންގެ ފަރަގު ކުޑަކުރެވޭނީ ޤާސިމްގެ ސިޔާސަތު ތަންފީޒުވެގެން: އަމީން

ރާއްޖޭގައި މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުއްސަދިންނާއި، ފަގީރުންގެ މެދުގައި އޮތް ފަރަގު ބޮޑުވުން ކަމަށާއި، އެފަރަގު ކުޑަކުރެވޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ އިޤްތިޞާދީ ސިޔާސަތު ތަންފީޒު ކުރެވިގެން ކަމުގައި އެމަނިކުފާނުގެ ތަރުޖަމާން އަދި ކުރީގެ ހެލްތު މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.

ޤާސިމް ކީއްވެ؟ މިޝިއާރުގެ ދަށުން މިރޭ ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީން ވަނީ ޤާސިމްގެ މެނިފެސްޓޯގައި ހިމެނޭ ބައިތަކުގެ ތެރެއިން ފަސް އަހަރު ދުވަހުގެ ތެރޭގައި 100 މިލިއަނަރުން އުފައްދެވުމަށް ނިންމަވާފައިވާ ނިންމެވުމާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ.

އަމީން ވިދާޅުވީ ޤައުމެއް ކުރިއަރާ ދިއުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެޤައުމެއްގެ ފުދުންތެރިކަމުގެ މައްޗަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ގައުމެއްގައި ފަގީރުންނާއި، މުއްސަދިންގެ ފަރަގު ބޮޑުވާނަމަ އެގައުމެއްގައި މައްސަލަތައް އިތުރުވެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އޮންނާނެކަމަށެވެ. މިއަދުު ރާއްޖެއަށްވެސް ދިމާވެފައިވަނީ މި ނުތަވަސް ކަމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް އޮތީ މިމައްސަލަކަން ފާހަގަކޮށް އަމީން ވިދާޅުވީ ޤާސިމްގެ ސިޔާސަތަކީ މެދުފަންތީގެ ޒުވާން ވިޔަފާރިވެރިންނަށް އިތުރު ފުރުސަތު ފަހިކޮށް، ވެރިކަމުގެ ދައުރުގައި 100 މިލިޔަނަރުން އުފެއްދުން ކަމަށެވެ. އެކަން ކުރެވޭނެ ގޮތް މެނިފެސްޓޯގައި އޮންނާނެ ކަމަށާއި، ޤާސިމްގެ ވެރިކަމެއްގައި އެފުރުސަތު ފަހި ކުރުމަށް ވެރިކަމުގެ ފުރަތަމަ އަހުން ފެށިގެން ސީދާ ސަރުކާރުން ޒުވާނުން ވިޔަފާރިވެރިންނަށް ކުރިއަށް ދެވޭނެ ގޮތަށް ވިޔަފާރިތަކަށް އިންވެސްޓުކުރާނެ ކަމަށެވެ.

ކޮންމެ މީހަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ވިޔަފާރިއާއި ތަނަވަސް ކަމުގައި އުޅެވޭ މީހަކަށް ހެދުމަކީ ޤާސިމްގެ އަމާޒުކަމަށް އަމީން ވިދާޅުވިއެވެ. ޤާސިމަކީ މިހާރުވެސް ވިޔަފާރީގައި ކުރިއަށްދާން ބޭނުންވާ އެތައް ޒުވާނުންނަކަށް އެފުރުސަތު ފަހިކޮށް ދެއްވާ އެކަމުގެ ތަޖުރިބާ ހުރި ކެނޑިޑޭޓަކަށްވާއިރު، ޤާސިމްގެ ވެރިކަމެއްގައި މެނުވީ މިސިޔާސަތު އެންމެ ރަނގަޅަށް ތަންފީޒު ވެގެންދާނެ ވެރިކަމެއް އުފެދޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އަމީން ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ފަސް އަހަަރުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ސްމޯލް ބިޒިނަސް ލީޑަރުން އުފެއްދުމަކީވެސް ޤާސިމްގެ ވަދުދެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔައީކަނޑައެޅިގެންދޮގެއްމުވައްޒިފުންގެމުސާރަކުޑަކޮށްވަޒީފާއިންވަކިކުރާމީހަކަށްތިޔަބުނާގޮތަކަށްއެކޟެއްނުކުރެވޭނރ

Leave a Reply

Your email address will not be published. Required fields are marked *