މީގެ ތިން މަހެއްހައި ދުވަސް ކުރިން ބަނޑުބޮޑުކަން އިއުލާން ކުރި ބޮލީވުޑް ބަތަލާ އިލިއާނާ ޑިކުރޫޒް ގެ ލޯބިވެރިއަކީ ކާކުތޯ ގިނަ ބަޔަކު ދިއައީ ސުވާލު އުފައްދަމުނެނެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސުވާލު އޮތީ ޖަވާބް ނުލިބިއެވެ. އެންމެ ފުރަތަމަ އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފޮޓޯގްރާފަރެއް ކަމުގައިވާ އެންޑްރޫ ނީބޯންއާއިއެވެ. ނަމަވެސް އެގުޅުން ކައިވެންޏަކާއި ހަމަ އަށް ނުގޮސްވަނީ ނިމިފައިއެވެ.

އެއަށް ފަހު އިލިއާނާ އާއީ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރައިފައިވަނީ ކެޓްރީނާ ކައިފްގެ ބޭބެ ސެބެސްޓިއަން ލައުރެންޓް މައިކަލްއާއިއެވެ. އިލިއާނާ އާއި ސެބެސްޓިއަން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް އެންމެ ފުރަތަމަ އިވެން ފެށުނީ 2022 ވަނަ އަހަރުގައެވެ. އެއީ ކެތްރީނާގެ އާއިލާ މެމްބަރުންނާއިއެކު ޗުއްޓީއަށް ދިޔަ ފޮޓޯއެއް ފެންމަތިވުމުންނެވެ.
އެ ފޮޓޯ ތަކުގައި އިލިއާނާ ހުރުމުން އެއީ ސެބެސްޓިއަން އާއި ރައްޓެހިވެގެން އުޅޭ ކަމުގެ ހެކިކަމަށް މީޑިއާއިން ބުނެފައިއެވެ. އެއީ އެފޓޯގައި މުޅިންވެސް ތިބީ ވިކީއާއި ކެޓްރީނާގެ ގާތް މީހުން އެކަނި ކަމަށް ވުމުންނެވެ. އަނެއްކޮޅުން އެ ފަހުން ދެމީހުން އެކުގައި ޑީނާތަކުންވެސް ފެނިފައިވެއެވެ.

އިލިއާނާ ބަނޑުބޮޑު ކަމަށް އިއުލާން ކުރުމާއި އެކުގައި ގިނަ ބަޔަކު ބުނެފައިވަނި އޭނާ ބަލިވެއިނީ ސެބެސްޓިއަށްގެ ދަރިއަކަށް ކަމަށެވެ. ނަމަވެސް އިލިއާނާ އެނާގެ ދަރިފުޅު ގެ ބައްޕަގެ ފޮޓޯއެއް ހިއްސާކޮށްފައިއެއް ނުވެއެވެ.
ގިނަ ބައެއްގެ ސުވާލު ގެ ޖަވާބުގައި އިލިއާނާ ވަނީ ލޯބިވެރިއާގެ 'ބަލާރީ' ޕޮޓޯއެއް ޕޯސްޓް ކޮށްފައިއެވެ. ނަމަވެސް މިއަދާއި ހަމައަށް ސިރުކޮށްގެން އުޅުމަށްފަު އިލިއާނާ އޭނާގެ ލޯބިވެރިއާގެ ފޮޓޯ މިވާނީ ހިއްސާ ކޮށްފައިއެވެ.
ޑޭޓް ނައިޓްގައި އިލިއާނާ އާއި އޭނާގެ ލޯބިވެރިޔާ ތިބި ފޮޓޯއެއް ވަނީ ހިއްސާ ކޮށްފައއެވެ. ނަމަވެސް ލޯބިވެރިއާގެ ނަމެއްވެސް އަދި ލޯބިވެރިއާ އާއި ބެހޭ އިތުރު އެއްވެސް މައުލުމާތެއްވެސް ހިއްސާ ކޮށްފައިއެއް ނުވެއެވެ. އެނގޭ ކަމަކީ އެއީ ކެޓްރީނާގެ ބޭބެ ނޫންކަމެވެ.
އިލިއާނާ އެންމެ ފަހުން ފެނިގެން ދިޔައީ އަބީޝެކް ބައްޗަން އާ އެކު ކުޅުނު "ބިގް ބުލް" އިންނެވެ. ޑައިރެކްޓަރު ކޫކީ ގުލާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރި ފިލްމެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންދީޕް ހޫޑާއާ އެކު "އަންފެއާ އެންޑް ލަވްލީ" އިންނެވެ.
ކޮމެންޓު ފޮނުވާ