އެންމެ މުހިންމީ އާއިލާ" އާލިއާ

އެންމެ މުހިންމީ އާއިލާ" އާލިއާ

Author
ފާތިމަތު ނާވީ
21 ޖުލައި 2023 10:24
0

މުސްތަގުބަލުގައި އާއިލާއަށް ވުރެ ފިލްމީ ދާއިރާގެ މަސައްކަތްތައް އިސް ނުކުރާނެ ކަަމަށް ބޮލީވުޑްގެ ޒުވާން ތަރި އާލިއާ ބަޓް ބުނެފި އެވެ.

ރަންބީރު ކަޕޫރު އާއި 2022 ވަނަ އަހަރު ކަިއވެނި ކުރި އާލިއާ ބުނީ އޭނާ އެންމެ އިސްކަމެއް ދޭނީ އާއިލާ އަށް ކަމަށެވެ. އަދި ފިރިމީހާ އާއި ދަރިފުޅަކީ އެންމެ މުހިންމު ބައި ކަމުގައި އޭނާ ގަބޫލު ކުރާކަމަށް ވެސް ބުނެފައިއެވެ.

އާލިއާ އާއި ރަންބީރު އަށް ވަނީ މިދިއަ އަހރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދަރިއަކު ވެސް ލިބިފައިއެވެ. މިއީ އެދެމީހުން ގެ އަލަތު ދަރިފުޅެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ ރަހާއެވެ.

މީގެ ކުރިން އާއިލާއަށްވުރެ މަސައްކަތް އިސްކުރި ޒަމާނެއް ވެސް ދިޔަ ކަމަށް ބުނަމުން އާލިއާ ވަނީ މިހާރު އޭނާގެ "ޕްރައޯރިޓީސް" ބަދަލުވެފައިވާ ކަމަށް ބުނެފަ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ރަހާ ވިހެއުމަށްފަހު އާލިއާ ފެނިގެންދާ އެންމެ ފުރަތަމަ ފިލްމު " ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މި މަހު ބޮޑު ސްކްރީނަށް އަންނާނެ އެވެ. މި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލީޑުން އާލިއާ ބަޓް އާއި ރަންވީރު ސިންގް ފެނިގެންދާ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް ހަދައިފައިވާ ފިލްމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.