ލިންޑްސޭ ވިހައިފި

ލިންޑްސޭ ވިހައިފި

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ލިންޑްސޭ ލޯހަން ވިހައިފިއެވެ. އޭނާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ނަމަކީ ލުއާއީ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފައިނޭންސަރެއް ކަމުގައިވާ ބޭޑާ ޝަމަސް ކިޔާ މީހަކާ ލިންޑްސޭ ވަނީ ކައިވެނި ކޮށްފައިއެވެ. އަދި ލިންޑްސޭ މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީ ގައިއެވެ. އަދި ދެ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2021ގެ ނޮވެމްބަރު މަހު އެންގޭޖްކޮށް، މިދިޔަ 2022 ވަނަ އަހަރުގެ އޭޕްރިލް މަހު އެދެމީހުން ވަނީ ކައިވެނި ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Lindsay Lohan (@lindsaylohan)

މިދިޔަ އަހަރުގެ ފަހުކޮޅު "އައިރިޝް ވިޝް" ކިޔާ ކޮމެޑީ ފިލްމެއްގެ މަސައްކަތް ވެސް ފެށި ލިންޒީ، 37، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ފޯލިން ފޯ ކްރިމަސް" އިންނެވެ.

ލިންޑިސޭ އޭނާގެ ކެރިއަރު ފެށީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައިއެވެ. 1990 ވަނަ އަހަރު އޭނާ ގެ އުމުރުން އެންމެ 11 އަހަރުގައި ވަނީ "ދަ ޕޭރެންޓް ޓެޕް" ކިޔާ ފިލްމް އެއްގައި މަސައްކަތް ކޮށްފައިއެވެ. ނަމަވެސް އެ ފިލްމް ރިލީޒް ވީ 1998 ވަނަ އަހަރުގައިއެވެ.

އެއީ އޭނާގެ ކެރިއަރުގެ ފެށުމެވެ. އޭނާ ވަނި ވަރަށް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ. އެގޮތުން "މީން ގާލްސް"، "ފްރީކީ ފްރައިޑޭ"، "ޖޯޖިއާ ރޫލް" އާއި "ހާބީ ފުލީ ލޯޑަޑް" ފަދަ ކާމިޔާބުއަދި މަގުބޫލު ޓީނޭޖް ރޮމޭންޓިކް ކޮމެޑީ ތަށް ކުޅެގެން އޭނާ ވަނީ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދައިފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *