ހާލަންޑަށް އަނިޔާވެ އެއްމަހަށް ކުޅުމާދުރަށް

ހާލަންޑަށް އަނިޔާވެ އެއްމަހަށް ކުޅުމާދުރަށް

Author
އިބްރާހީމް ސާޢިދު
04 ޑިސެމްބަރ 2020 02:56
0

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އާލިން ހާލަންޑަށް އަނިޔާވެ، އެއްމަސްދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ޑޯޓްމުންޑުގެ ކޯޗު ލޫސިއެން ފާވްރޭ ބުނީ ހާލަންޑުގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ އޭނާއަށް އަރާމުކުރުމުގެ ފުރުސަތު ނުދީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުވުމުން ކަމަށެވެ. އަދި އެންމެ ފުރަތަމަ ހާލަންޑަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ބެލި ނަމަވެސް، މި އަހަރު ދެން އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެފައިވާ ކަމަށާއި، ހާލަންޑަށް އަނިޔާވުމަކީ އެ ޓީމަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށްވެސް ފާވްރޭ ބުނެފައިވެއެވެ.

ޑޯޓްމުންޑުން ވަނީ އުމުރުން 20 އަހަރުގެ ހާލަންޑުގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ހާމަކޮށްފައެވެ. ޑޯޓްމުންޑުން ނެރުނު ބަޔާނެއްގައި ބުނީ ހާލަންޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ދެން މި އަހަރު ނުކުޅެވޭނެ ކަން ޔަގީންވެފައިވާ ކަމަށާއި، އަނިޔާއިން ރަނގަޅު ހާލަންޑަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު 14 މެޗުގައި އޭނާ ވަނީ 17 ލަނޑު ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.