ފިލްމު ކުޅުން ހުއްޓާލައި، ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސް މިހާރު ބުރުގާވެސް އަޅައިފައިވާ އިންޑިއާގެ ކުރީގެ މަޝްހުރު ބަތަލާ ސަނާ ޚާނަށް ވަނީ މިދިއަ މިދިއަ ޖުލައި މަހުގެ 5 ވަނަ ދުވަހުގައި ފުރަތަމަ ދަރިފުޅު ލިބިފައިއެވެ.
ސަނާ އާއި ފިރިމީހާ މުފްތީ އަނަސް ސައްޔިދުގެ އަލަތު ދަރިފުޅު އުފަންވުމާއި ގުޅިގެން އެ ވާހަކަ ދެމަފިރިންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް، މާތް ރަސްކަލާންގެ އަށް ހަމްދުކޮށް ޝުކުރުކުކޮށް ވަނީ ޕޯސްޓެއް ދޫކޮށްލައިފައިއެވެ. އެއާއި އެކު މިހަފްތާ ގެ ތެރޭގައި ސަނާ މިވަނީ ދަރިފުޅުގެ ނަން އިއުލާން ކޮށްފައިއެވެ.
އެގޮތުން ސަނާ ގެ ދަރިފުޅުގެ ނަމަކީ ސައްޔިދް ތާރިގް ޖަމާލްއެވެ. ނަން އިއުލާން ކުރުމަށް ސަނާ ވަނީ ޕޯސްޓެއް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިއެވެ. ޕޯސްޓުގައި ނަމުގެ މާނަވެސް ވަނީ ހިނަމާފައިއެވެ.
34 އަހަރުގެ ބަތަލާ އަނަސް ކައިވެނިކުރީ 2020 ގެ ފަހުކޮޅު އެވެ. އެފަހުން ފިލްމީ ދާއިރާ އާއި މުޅިން ދުރަށް އޭނާ ވަނީ ގޮސްފައިއެވެ. އޭނާ ފެންނަމުން ދަނީ އަޅުކަން ކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ކަންކަމުގައި އުޅެނިކޮންނެވެ.
ކޮމެންޓު ފޮނުވާ