ޝަނާޔާ ގެ ފުރަތަމަ ފިލްމް މޯހަންލާލް އާއި އެކު

ޝަނާޔާ ގެ ފުރަތަމަ ފިލްމް މޯހަންލާލް އާއި އެކު

Author
ފާތިމަތު ނާވީ
19 ޖުލައި 2023 07:46
0

ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ކަޕޫރު ގެ ދޮށީ އަންހެން ދަރިފުޅު ބޮލީވުޑްއަށް ތައާރަފް ކުރާ ފިލްމް އަކީ "ރުޝާބާ" ކަމަށް އިއުލާން ކޮށްފިއެވެ.

ސައުތުގެ ސުޕަސްޓާރެއްގެ ބޮޑު ފިލްމަކުން ޝަނާޔާ އަށް ފުރުސަތު ލިބުން އިރުގައި މި ފިލްމްގެ ކާސްޓުގައި ރޯޝަން މެކާ އާއި ލަވަކިޔުންތެރިޔާ ޒަހްރާ އެސް ޚާން ހިމެނެ ވެ. ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ/ލަވަކިޔުންތެރިޔާ ސަލްމާ އާގާގެ ދަރިފުޅު ޒަހްރާ އަކީ މި ފަހުން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔަމުން އަންނަ ފަންނާނެކެވެ. އޭނަ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ސުކޫ ސުކޫ" ފާހަގަކޮށްލެވެ އެވެ

 

View this post on Instagram

 

A post shared by EktaaRkapoor (@ektarkapoor)

އިންޑިއާގެ ދެކުނުގެ ފިލްމަކަށް ޝަނާޔާ ސޮއިކުރި އިރު، އޭނަ ބޮލީވުޑަށް ތައާރަފު ކުރަން ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން 2021 ގައި "ބޭދަޅަކު" ކިޔާ ފިލްމެއް އިއުލާންކުރި އެވެ.

ނަމަވެސް ފިލްމް ގެ އެއްވެސް މަސައްކަތެއް މިހާތަނަށް އައި އިރުގައި ކުރެވިފައިއެއް ނުވެއެވެ. އެކަމަކު ފިލްމްގެ ޕޯސްޓަރަކާއި އެކުގައި ފިލްމް އިއުލާން ކުރި އިރުގައި މި ފިލްމް އިން ފެނިގެންދާނީ ޝަނާޔާ އާއި އެކުގައި ގުރްފަތޭ ޕިރްޒަދާ އާއި ލަކްޝްޔާއެވެ.

 

View this post on Instagram

 

A post shared by Shanaya Kapoor🤍 (@shanayakapoor02)

ކަޕޫރު އާއިލާ އަށް ނިސްބަތްވާ ޝަނާޔާގެ ބައްޕަ އަކީ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުއެވެ. އެއީ އަނިލް ކަޕޫރު އަދި ބޯނޭ ކަޕޫރު ގެ ކޮށްކޮއެވެ. އަނެއްކޮޅުން ކަޕޫރު އާއިލާ އަށް ނިސްބަތްވާ ސޯނަމް އާއި އަރުޖުން އަދި ޖާންވީ ގެ އިތުރުން މިއަހަރު ބޮލީވުޑް އަށް ތައާރަފްވާ ހުޝީ އަކީ އޭނާގެ ކަޒިންސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.