ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އިލެންޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން އޮގަސްޓު 5, ގެ ހަވީރު 16:00 ގެ ނިޔަލަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވެވޭނެ ކަމަށެވެ.

މިއަދު ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފާވާއިރު، 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްރަށުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެއެވެ. އެހެންނަމަވެސް، މާލޭގައި އުޅޭ މީހުން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީރަޖިސްޓްރީ ވާން ޖެހޭނެއެވެ.

މި މަހުގެ 31 ވަނަ ދުވަހަށްފަހު، ރީރަޖިސްޓްރީ ވެވޭނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ފޯމު ހުށަހަޅާއިގެންނެވެ. އެގޮތުން މާލޭގައި، އިންތިޚާބައި ބެހޭ މައި މަރުކަޒު ދަރުބާރުގެއަށް ފޯމު ހުށަހެޅޭއިރު، ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހަޅާއިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 5 އަކާއި ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށްވެސް، އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް، ރީ-ރަޖިސްޓްރީވުމަށް މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓެވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *