ސައުތުގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީ ކުމާރު އާއި އެކުގައި ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން މަސައްކަތް ކުރާ ފުރަތަމަ ފިލްމްގެ ޝޫޓިން އަންނަ ހަފްތާގައި ފަަށާނެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ވަރުން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ބަވާލް"ގެ ޕްރޮމޯޝަން ތަކުގަިއ ވަރަށް ބިޒީވެގެންނެވެ. ވަރުން އާއި އެކުގައި ޖާންވީ ކަޕޫރު ފެނިގެންދާ މި ފިލްމް އަކީ މިމަހުގެ 21 ވަނަ ދުވަހުގައި އެމެޒޯން ޕަރްއިމް އިން ޕްރިމިއާ ކުރުމަށް ތައްޔާރު ވަމުން އަންނަ ފިލްމްއެކެވެ.
އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމުގެ ޝޫޓިން މި މަުގެ 16ގައި ފެށުމަށް ހަމަޖެހިފައިވަނީ މުމްބާއި ގައެވެ. އެޓްލީ އެކު ދެން ކުރިއަށް ގެންދާ ދަވަންގެ ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެ ނިމިފައިއެވެ.
ފިލްމް ޝޫޓިން ފަށާއިރުގައި ވަރުންދެން އެންމެ އަވަހަށް ފެނިގެންދާނީ "ބަވާލް"އިންނެވެ. އަނެއް ކޮޅުން އެޓްލީގެ ކުރިއަށް އޮތް ފިލްމް އަކީ "ޖަވާން" އެވެ. އެ ފިލްމް ރިލީޒް ކުރުމަށް ތަވަލް ކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައިއެވެ.
ކޮމެންޓު ފޮނުވާ