އިންޑިއާގައި ކެއުމުގައި އެއާއި ނުލާއި ފުރިހަމަ ނުވާ ބާވަތެއް ކަމުގައިވާ ޓޮމާޓޯ ގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ އޭނާގެ ގެއަށް ތަރުކާރީ ގަންނަނީ ދެ ދުވަހަށްވާ ވަރަށް ކަމަށެވެ. އެހެން ނަމަވެސް ޓޮމާޓޯ ލިބުން ދަތިވުމާއެކު ގިނަ އަދަދަކަށް ޓޮމާޓޯ ގަންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެހާ އަގުބޮޑޫ ނަމަ ޓޮމާޓޯ ގެ އަގު އަތްނުފޯރާ ފަށަށް ކުރިއަށް އޮތް މަދު ދުވަސް ކޯޅެއްގެ ތެރޭގައި އަރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
މީޑިއާއިން ބުނާގޮތުގައި ޑިމާންޑާ އެއްވަރަށް މިހާރު ޓޮމާޓޯ ނުލިބޭތީ އޭގެ އަގު ވަނީ 400 ޕަސެންޓަށް އުފުލިފަ އެވެ. އާންމު ގޮތެއްގައި އިންޑިއާގެ ޓޮމާޓޯ ކިލޯއެއް އެވްރެޖްކޮށް 41 ރުޕީސް އަށް ލިބުނު ނަމަވެސް، އަގު މިހާރު ވަނީ 200 ރުޕީސްއާ ހަމައަށް އަރައިފަ އެވެ.
އިންޑިއާގައި ޓޮމާޓޯގެ ދަތިކަން ކުރިމަތިވެފައި ވަނީ މޫސުމީ ގެއްލުންތަކާއި ގަސްތަކަށް ޖެހެމުންދާ ބަލިތަކާ ހެދި އެވެ. ޓޮމާޓޯ އަކީ ކޮންމެ ގަޑިއެއްގެ ކެއުމުގައިވެސް އިންޑިއާގައި މައިގަނޑު އެއް ބާވަތެވެ.
ކޮމެންޓު ފޮނުވާ