ޔޫރޮޕާ ލީގުގައި ސްކޮޓްލޭންޑްގެ ސެލްޓިކް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރު މިލާންނުން ޔަގީންކޮށްފިއެވެ.
މިލާން މެޗު ކާމިޔާބުކުރީ ސެލްޓިކްއާ ވާދަކޮށް 4-2 ލަނޑުންނެވެ. ސެލްޓިކުން ގުރޫޕްގައި އެންމެފަހުން ކުޅުނު ފަސްމެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ. ހުރިހާ މުބާރާތެއްގައި މި ސީޒަނުގައި އެޓީމު ކުޅުނު 11 މެޗުގެ ތެރެއިން އެޓީމު މޮޅުވެފަވަނީ ދެ މެޗުންނެވެ. އެންމެފަހުން މިލާން ދަނޑުގައި ސެލިޓްކާ ދެކޮޅަށް ކުޅުނު ފަސްމެޗު ވެސް މިލާނުން ވަނީ ކާމިޔާބުކޮށްފައެވެ.
އެންމެފަހުން ރަށުންބޭރުގައި ސެލްޓިކް ކުޅުނު 25 މެޗުގެތެރެއިން އެޓީމުން މޮޅުވެފަވަނީ ދެމެޗުންނެވެ. މި ގުރޫޕްއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރި އެނެއް ޓީމަކީ ފްރާންސްގެ ލިލްއެވެ. ރޭ މުބާރާތުގެ ކޮރޭޝިޔާގެ ޑައިނަމޯ ޒެގްރެބް ވަނީ 2-0 ލަނޑުން ނެދަލޭންޑްގެ ފެޔަނޫޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮށްފައެވެ.

ރޭ ޖަރުމަނުގެ ހޮފެންހަމްއާ ވާދަކޮށް 0-0 އެއްވަރުކޮށް ރެވެނާ ޒެވެޒްޑާއިން ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮށްފައެވެ. ހޮންފެންހަމް ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވެފައެވެ. ޗެކްރިޕަބްލިކްގެ ސްލާވިޔާ ޕްރާ ވަނީ އިސްރާއިލްގެ ހޮޕެލްބީ ޝެވާއާ ވާދަކޮށް 3-0 ލަނޑުން މޮޅުވެ ދެވަނަބުރު ޔަގީންކޮށްފައެވެ.
ކޮމެންޓު ފޮނުވާ