ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަމަށް ބުނަން ދަތި: ރީކޯ މޫސަ

ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަމަށް ބުނަން ދަތި: ރީކޯ މޫސަ

އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން ވެއްޓުނީ ވަޢާވާތަކުން ނޫންކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މާފުށީގައި މިރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި، މޫސަ ވިދާޅުވީ، އޭރު ވިސްނުނީ 2012 ވަނަ އަހަރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ވިދާޅުވި ނަމަވެސް، މިއަދު އެކަން ގަބޫލު ކުރާނެ ޖާގައެއް ނެތް ކަމަށެވެ. ނަޝީދު މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެ ރައީސް ޞާލިހުގެ ވެރިކަން ވައްޓާލަން އެތެރެއިން ބޭރުން ބަޣާވަތް ކުރައްވަން އުޅުއްވުމުން އޭރުގެ ވެރިކަން ވެއްޓިދިޔައީ ބަޣާވާތަކުންތޯ ސުވާލު އުފެދޭކަމަށް މޫސަ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އޭރު ހީވި ބަޣާވާތެއް ކަމަށް. އެކަމަކު ފަހުން މަންޒަރު ބަދަލުވީ. 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެރިކަން ހަވާލު ކުރީމަ ދެން މި އެނގުނީ ބަޣާވާތް އަންނަން ދިމާވި ގޮތް. ފޮށިގަނޑު ގެއްލި، ކަތިވަޅި ގެއްލި މަރިޔަބު ގެއްލި އަލިފާން ކަހަލަ ރުޅި އައިސް މީހަކު ދުއްވައިގަތީމަ.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލިކަމަށް އަމިއްލައަށް ވިދާޅުވާ ހުރިހާ ބޭފުޅުންގެ ކޮނޑައަށް އަރައި ނަޝީދު އުޅުއްވާގޮތުން ލަދު ގަންނަކަމަށެވެ. އެމްޑީޕީގެ މާޒީގައިވެސް ރައީސް ނަޝީދަށް ވުރެ އެމްޑީޕީއަށް ގެއްލުންދިން މީހަކު ނެތްކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވިއިރު، މިސަރުކާރު ކޯލިޝަންގައި ގިނައީ ރަައީސް ނަޝީދުގެ ވެރިކަން ވައްޓާލިއިރު ބަޢާވާތް ކުރިކަމަށް އޭރުގެ އެމްޑީޕީގެ އިސްބޭފުޅުން ތުހުތު ކުރެވުނު ބޭފުޅުންނެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، ރައީސް މައުމޫންވެސް ހިމެނި ވަޑައި ގަންނަވައެވެ.

ރައީސް ނަޝީދުވެ ވެރިކަން ވެއްޓުނު ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު އަދިވެސް ސުވާލު އުފައްދާއިރު، އެމްޑީޕީގެ ގިނަ ބަޔަކު ބުނަކީ އެއީ ހިންގި ބޮޑު ބަޣާވާތަކުން ހިނގައިދިޔަ ކަމެއްކަމަށެވެ. ނަމަވެސް އެޕާޓީ ތެރޭގައި މިހާރު އުޅޭ ޚިޔާލް ތަފާތުވުންތަކާއިއެކު މިހާރު މިކަންވެސް ވަނީ ވަރަށް ބޮޑަށް ސިޔާސީ ކަމަކަށް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *