އެމްޑީޕީ ބައެއް ފައުންޑަރުންނާއި، އިސްބޭފުޅުންތަކެއް ޑިމޮކްރެޓްސްއަށް!

އެމްޑީޕީ ބައެއް ފައުންޑަރުންނާއި، އިސްބޭފުޅުންތަކެއް ޑިމޮކްރެޓްސްއަށް!

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 10:05
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް ފައުންޑަރުންނާއި އިސް ބައެއް ބޭފުޅުން ރައީސް ނަޝީދާއިއެކު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ.

މިރޭ ރައީސް ނަޝީދުު ސޮއި ކުރުމަށް ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާ ފެށުމުގެ ކުރިން ވަނީ ގިނަ ބަޔަކު ސޮއި ކުރައްވާފައެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތް އަހުމަދު އައްބާސް ވަނީ ރައީސް ނަޝީދާއިއެކު ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ. އެމްޑީޕީގެ ގިނަ މަސައްކަތްތަކެއް ފެށިގެން އައިއިރު ކޮށްފައިވަނީ އަހުމަދު އައްބާސް ގޭގައެވެ. އަހުމަދު އައްބާސްއަކީ އެމްޑީޕީގެ އެއް ފައުޑަރުވެސް މެއެވެ.

ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި އެމްޑީޕީގެ އިސްބައެއް ބޭފުޅުން:

1. އަހުމަދު ޢައްބާސް
2. ނައުޝާދު ވަހީދު
3. އަމީން ފައިސަލް
4. ރައީސް ނަޝީދު
5. މައުސޫމް
6. ޝަފީގުގޭ ޝަފީގް
7. ޝާޒު ވަހީދު
8. ޒިޔައްޓޭ
9. ހަސަން އަފީފް

މިރޭ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި އިބްރާހިމް ރަޝީދު އަބޫބަކުރު (އިބޫ) އާއި ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ އެކްޓިވްސްޓް ލޫކަސް ޖަލީލުވެސް ހިމެނެއެވެ.

ޑިމޮކްރެޓްސް އުފެއްދީ ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހުއެވެ. އެކަމަކު އެ ޕާޓީގެ ހަރަކާތަކުން ނަޝީދު ރަސްމީ ސިފައެއްގައި ފެނިފައިވަނީ އެ ޕާޓީ އުފެއްދުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
ތިޔަ ދިޔަ މޫނުތަކަށް ބަލާއިރު، ފެންނަނީ ހުރިހާ ލާދީނީ އެއްތަނަކަށް އެއްވާ މަންޒަރެވެ. އެގަހުކޭލާ މިގަހު ކޭލާ ވަކިވަމުން ދާތީއެވެ. ދަރިން ދެވަންވީ މީހުނާއި ނުދެވަންވީ މީހުން ވަކިވަނީއެވެ. ތެލާފެނާއި އެކުނުވެ ދެބައި ވަކިކުރަން ފަސޭހަވެސް ވީއެވެ.
މ މުއްތު
ސޭޝިޓް އިންއަ ޑިފަރަންޓް ޕެކިން