ޔޫރޮޕާ ލީގުގައި ސްކޮޓްލޭންޑްގެ ރޭންޖާސް އާއި ޕޯޗުގަލްގެ ބެންފީކާ ދެޓީމު ކުޅުނު ކާމިޔާބުކޮއް މުބާރާތުގެ އަނެއް ބުރަށް ކޮލިފައިވެއްޖެއެވެ.
ރޭ ރާންޖާސް އަމިއްލަ ދަނޑުގައި ކުޅެ ސްޓޭންޑެޑް މައްޗަށް ކުރި ހޯދީ 3-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ހަތަރު ލަނޑު ފެނިގެންދިޔައިރު ފުރަތަމަހާފް ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުން މޮޅުވި ލަނޑު ދެވަނަހާފްގައި ރޭންޖާސްއިން ކާމިޔާބު ކުރީ ސްކޮޓް އާފީލްޑްއެވެ.

ޔޫރަޕުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު 22 މެޗުގެ ތެރެއިން ރޭންޖާސް ބަލިވެފަ ވަނީ އެންމެ މެޗަކުންނެވެ. ރޭ މި ގުރޫޕްގައި ޕޮޒްނާން ބަލިކޮށް ބެންފީކާ ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަކަށަވަރުކޮއްފައެވެ. ބޭންފީކާ މެޗު ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. މި ދެޓީމު މުބާރާތުގެ ދެވަނަބުރަށް ދަތުރުކުރީ 11 ޕޮއިންޓާއެކުއެވެ.
ރޭ މުބާރާތުގެ ޕޯޗުގަލްގެ ބްރާގާ ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ބްރާގާ މޮޅުވީ އޭއީކޭ އެތެންސް އަތުން 4-2 ލަނޑުންނެވެ. ފްރާންސްގެ ލިލް ވަނީ ސްޕާޓާ ޕްރާ 2-1 ލަނޑުން ބަލިކޮށް ދެވަނަ ބުރު ޔަގީންކޮއްފައެވެ. ސްޕެއިންގެ ވިޔަރެއާލް ވަނީ ތުރުކީގެ ސިވަސްޕޫރްގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދާ ދެވަނަބުރު ކަށަވަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ