ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މިހާތަނަށް ވެސް އެއްބަސް ވެފައިނުވާ ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އަދިއްތިޔާ ރޯއީ ކަޕޫރު އާއި އަނަންނިޔާ ޕާންޑޭ އެކުގައި ޗުއްޓީ ހޭދަކުރަނިކޮން ނަގައިފައިވާ ފޮޓޯ ތަކެއް ވައިރަލް ވެއްޖެވެ.
ވަރަށް ލޯބިން އަދި އެހާމެ ގައިގޯޅި ކޮން ދެމީހުން ފެނިގެންދާ މީގެ ބައެއް ފޮޓޯ ތަކުގައި އަދިއްތިޔާ އަނަންނިޔާ ގައިގާއި ފަހަތުން ބައްދައިަލއިގެން ތިބެ ނަގައިފައިވާ ފޮޓޯތަކެއް ވެސް ހިމެނެއެވެ.
ވަރަށް ކެޝުއަލް ކޯށް ދެމިހުން ވެސް ފެނިގެން ދިއަ މި ފޮޓޯ ތަކަކަކީ މިހާރު ދެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަ އިރުގައި، ސްޕެއިންގައި އޮތް ކޮންސެޓް ނިންމައި އިއްޔެ ޕޯޗުގަލްއަށް ދެތަރިން ގޮސް އުޅެނިކޮށް ނަގައިފައިވާ ފޮޓޯ ތަކެއްކަމަށް މައުލޫމާތު ލިބެއެވެ.
އެދެމީހުން އެއްތަނެއްގައި ތިބި ކަން އެނގިގެން ދިއައީ މިދިޔަ އަންގާރަ ދުވަހު ސްޕެއިންގައި އޮތް ކޮންސެޓެއްގެ ވީޑިއޯ އިންސްޓަގްރާމް ސްޓޯރީއަށް ލުމާއި އެކުގައިއެވެ.
އަނަންޔާ އާއި އަދިތުޔަގެ ގުޅުމާ ބެހޭ ގޮތުން އަޑުތައް ފެތުރިފައިވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު، މިހާތަނަށް ވެސް އެ ގުޅުމާ ބެހޭ ގޮތުން ދެތަރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ އަޑުތައް ފެތުރުނީ މިދިޔަ އަހަރު ކްރިތީ ސެނޮންގެ ދިވާލީ ޕާޓީގައި ދެތަރިން އެކުގައި ފެނުނު ފަހުންނެވެ.
ކޮމެންޓު ފޮނުވާ