ގައުމުގެ ކަންކަން ނިންމުމުގައި އިސްކޮށް ތިބި ބައެއް މީހުންނަކީ ތައުލީމީ ފެންވަރެއް ނެތް އަދި ހަރުދަނާ ތަސައްވުރެ އަދި ސިޔާސަތެއް ވެސް ނެތް ބައެއް ކަމަށް ބުނެ ދެއްކި ވާހަކަ އަކާއި ގުޅިގެން އިންޑިއާގެ ހުނަރުވެރި ބަތަލާ ހޫނުފެނަށް ވައްޓާލައިފި އެވެ.
"ދި ކްއިންޓް" އަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ އިންޑިއާ އަށް ކުރިއަށް ދަނީ ވަރަށް މަޑުމަޑުން ކަމަށެވެ. އަދި ގައުމެއްގެ ކުރިއެރުމަށް ތައުލީމީ ލީޑަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އިންޑިއާ ކަހަލަ ގައުމެއްގައި ބަދަލެއް މި އަންނަނީ ވަރަށް، ވަރަށް ހަމަ ވަރަށް މަޑުމަޑުން. ސަބަބަކީ އަހަރެމެން މި ތިބެނީ އަހަރެމެންގެ ބޯދާ ސަގާފަތްތަކުގެ ތެރެއަށް ހުސްވެ ގިނަ ކަންކަން ބަދަލުނުކުރެވޭ ހިސާބުގައި. ހަމަގައިމުވެސް، އެއީ ތައުލީމާ ގުޅުންހުރި ކަމެއް، މިހެން ބުނަން ޖެހޭތީ މައާފަށް ވެސް އެދެން، އެކަމަކު ހަގީގަތަކީ އަހަރެމެންގެ ކަންކަން ނިންމުމުގައި އެކަށީގެންވާ ފެންވަރުގެ މީހުން ނެތްކަން" ކާޖޮލް ބުންޏެވެ.
ކާޖޮލް ބުނި އިންޑިއާ އާއި އަޅާ ބަލާއިރުގައި އެގައުމުގެ ސިޔާސީ ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. އަދި މިކަންކަން ވަރަށް ބޮޑަށް ތައުލީމް އާއި ގުޅިގެން ދާކަމަށް ވެސް އޭނާ ބުނެފައިއެވެ.
ކާޖޮލްގެ މި ވާހަކަތަކާ ހެދި ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންގެ ނުރުހުން އަމާޒުވުމުން އޭނާ ވަނީ ދެއްކި ވާހަކަ ތަށް ދިފާއު ކޮށްފައިއެވެ. ކާޖޮލް ގެ ޓްވިޓުގައި ބުނެފައިވަނީ އިންޓަވިއުގައި އެގޮތަށް ވާހަކަދެއްކީ އެއްވެސް މީހަކު ދަށްކޮށްލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ނަމަވެސް ތައުލީމް ގެ މުހިންމު ކަން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައިއެވެ.
އަދި އިންޑީއާގައި ވެސް ތަފާޓު މޮޅު ކިޔވައިގެން ތިބި ރަނގަޅު ބައެއް މޮޅު ލީޑަރުން، އަދި ގައުމު ހިންގޭ ފެންވަރަށް ވަރަށް މޮޅަށް ކިޔަވައިގެން ތިބި ސިޔާސީ ލީޑަރުން ވެސް ތިބިކަން އޭނާ ވަނީ ޓްވީޓް ގައި ފާހަގަ ކޮށްފައިއެވެ.
I was merely making a point about education and its importance. My intention was not to demean any political leaders, we have some great leaders who are guiding the country on the right path.
— Kajol (@itsKajolD) July 8, 2023
ކާޖޮލް ދެން އެންމެ އަވަހަށް ފެންނާނީ ވެބް ސީރީޒް "ދަ ޓްރަޔަލް"އެވެ. މި ސީރީޒް އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދޭ އެއްޗެކެވެ. މި ވެބް ސީރީޒް ޕްރިމިއާ ކުރާނީ މިމަހުގެ 14 ވަނަ ދުވަހުގައިއެވެ.
ކޮމެންޓު ފޮނުވާ