ފުރަމާލެ އާއި، މުޅި ރާއްޖޭން އެދެނީ ރައީސް ޞާލިހާއިއެކު އުފާވެރި ރާއްޖެއެއް: މީކާއިލް

ފުރަމާލެ އާއި، މުޅި ރާއްޖޭން އެދެނީ ރައީސް ޞާލިހާއިއެކު އުފާވެރި ރާއްޖެއެއް: މީކާއިލް

ފުރަމާލެ އާއި، މުޅި ރާއްޖޭން އެދެނީ ރައީސް ޞާލިހާއިއެކު އުފާވެރި އަމާން ރާއްޖެއެއް ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ހަވީރު މާލޭގައި ދޮރުން ދޮރަށް ހިނގުމަށް ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ގޭގެއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށް މީކާއިލް ކުރެއްވި ޓުވީޓެއްގައެވެ. މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސްގެ އަރިހުގައި، ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އެ ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ގޭގެއަށް ވަޑައިގެންނެވުމުން ރައީސަށް ސަޕޯޓު އޮތް މިންވަރު ފެންނަ ކަމަށެވެ. އަދި ރައީސް ޞާލިހާއިއެކު މުޅި ރާއްޖެއިން އެދެނީ އުފާވެރި އަމާން ރާއްޖެއެއް ކަމުގައި މީކާއިލް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތިޔަދެއްވި ހޫނު ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަން! މި ގަލޮޅާއި، ފުރަމާލެ، އަދި މުޅި ރާއްޖޭން އެދެނީ މާ އުފާވެރި އަމާން ރާއްޖެއަކަށް!

– މީކާއިލް ވިދާޅުވިއެވެ.

މިދިޔަ ހަފްތާ އެމްޑީޕީން ވަނީ ދޮރުން ދޮރަށް ހަރަކާތް މާފަންނު މެދުދާއިރާގައި ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި މާލޭގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ދާއިރާ ރައީސުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕާޓީން މީގެ ކުރިން ވަނީ ރަށްރަށުގައި ކެމްޕެއިން ފަށައި، ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ބުރުތަކެއް ބާއްވައިފައެވެ. އަދި މިހާރު ވެސް ރަށްރަށުގައި އެ ދާއިރާއަކަށް ނިސްބަތްވާ ޓީމުތަކުން ކެމްޕެއިން މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަންނަ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ކުރިމަތިލާން މި މަހުގެ 23 ގައި ހުޅުވާލާނެއެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *