ނެޓްފްލިކްސް އިން ގެނެސްދޭ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ވެބް ސީރީޒް އުފެއްދުމުގެ މަސައްކަތް ފަށައި އެކަށް އިއުލާން ކޮށްފިއެވެ. މިވެބް ސީރީޒް އިއުލާން ކޮށްފައިވަނީ ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ ހަސަން ކަޒްމީއެވެ.
މި ސީރީޒް ގެ ލީޑުން ފެނިގެންދާނި އެންމެ ކިނަބަޔަކަށް ކަމުދާ ޕާކިސްތާންގެ އޮން ސްކްރީން ޖޯޑު ކަމުގައިވާ މާހިރާ ހާން އާއި ފަވާދް ހާންއެވެ. އަދި މީގެ އިރުތުން ހަމްޒާ އަލީ އައްބާސީ އާއި ހާނިއާ އާމިރްވެސް ފެނިގެންދާނެއެވެ. ނެޓްފްލިކްސްގެ މި ސީރީޒް ޑައިރެކްޓްކުރަނީ ވެސް "ހަމްސަފަރު" ގެނެސްދިން މޫމިނާ ދުރައިދެވެ.
Pakistan's first #Netflix project will soon go on the floor
Directed by Momina Duraid, it is based on Farhat Ishtiaq's novel #JoBacheHainSangSamaitLo
Starring: #FawadKhan #MahiraKhan #HamzaAliAbbasi and #HaniaAamir— Hasan Kazmi (@hasankazmi_) July 6, 2023
މި ސީރީޒް އަކީ "ޖޯ ބަޗީ ހޭ ސަންގް ސަމޭޓްލޯ" މި ނަމުގައި ޕާކިސްތާނުގެ ވާހަކަ ލިޔުންތެރިޔާ ފަރުހަތު އިޝްތިޔާގު ލިޔެފައިވާ ލޯބީގެ ވާހަކައަކަށް ހަދާ ސީރީޒެކެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރު ކޮށްދިފައިއެއް ނުވެއެވެ.
ފަރުހަތު އަކީ ޕާކިސްތާނުގެ އެންމެ މަޝްހޫރު ޑްރާމާ ސީރީޒް "ހަމްސަފަރު"ގެ ވާހަކަ ވެސް ލިޔުނު ލިޔުންތެރިޔާ އެވެ. އެ ސީރީޒްގެ ލީޑު ރޯލުތައް ވެސް ކުޅުނީ ފަވާދު އާއި މާހިރާ އެވެ. އެއީ އެ ދެތަރިން މަޝްހޫރުވީ ވެސް ސީރީޒެވެ. އަދި މިއަދުވެސް ގިނަ ބަޔަކު އެ ޑްރާމާއެއް ބަލާ އެއް ޑްރާމާވެސް މެއެވެ. މީގެ އިތުރުން ހަމްޒާ އަދި ހާނިއާ އަކީވެސް ޕާކިސްތާންގެ ފިލްމް އިންޑަސްޓްރީގައި ނަންހިނގާ ދެނަމެވެ.
ކޮމެންޓު ފޮނުވާ