"ސްތްރީ 2″ ގެ ޓިޒާއެއް ދައްކައިލައިފި

"ސްތްރީ 2″ ގެ ޓިޒާއެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
12 ޖުލައި 2023 11:40
0

2018 ވަނަ އަހަރު ގެނެސްދިން ފިލްމް "ސްތްރީ" ގެ ސީކުއަލް "ސްތްރީ 2″ ގެ ޓީޒާއެއް ދައްކައިލައިފިއެވެ.

މި ފިލްމް އަކީ ލީޑުން ޒުވާން ދެތަރިން ކަމުގައިވާ ޝްރައްދާ ކަޕޫރު އާއި ރާޖް ކުމާރު ރާއޯއެވެ. މީ ހޮރޯ ކޮމެޑީއެކެވެ. ފުރަތަމަ ފިލްމް އަށް ލިބުނު ކާމިޔާބީ އާއި އެކުގައި ދެވަނަ ފިލްމް އެއް އުފެއްދި އިރުގައި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހަށެވެ.

"ސްތްރީ" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި ފިލްމްގެ ލީޑުން ޝްރައްދާ އާއި އެކުގައި ފެނިގެން ދިއައީ ރާޖް ކުމާރު އާއޯއެވެ. އަމަރު ކޯޝިކް ޑައިރެކްޓުކުރި މި ފިލްމްގެ ދެވަނަ ބައިވެސް ޑައިރެކްޓް ކުރަނީ ހަމަ އަމަރުއެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

 

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ފިލްމު "ސްތްރީ" އަކީ 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ހޮރޯ-ކޮމެޑީ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކުރި ފިލްމެކެވެ.

މި ފިލްމް އަކީ ލީޑުން ރާޖްކުމާރު ރާއޯ، ޝްރައްދާ ކަޕޫރު، ފެނިގެންދާ ފިލްމްއެކެވެ. މީގެ އިތުރު ކާސްޓުގައި ޕަންކަޖް ތުރިޕަތީ، އަޕަރްޝަކްތީ ކުރާނާ އަދި އަބީޝެކް ބެނާޖީވެސް ހިމެނެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.