މި އަހަރު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ އަކްޝޭ ކުމާރުގެ ދެވަނަ ފިލްމު އޯއެމްޖީ (އޯ މައި ގޯޑް) 2″ ގެ ޓީޒާ ދައްކާލައިފި އެވެ.
ލީޑް ރޯލުން އަކްޝޭ ކުމާރާއި ޕަންކަޖް ތުރިޕާޓީ ފެނިގެން ދާނެ މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޔަމީ ގޯތަމްއެވެ. މިހާރު ޝޫޓިން ނިންމާފައިވާ ފިލްމު ރިލީޒް ކުރާނީ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައިއެވެ.
"އޯ މައި ގޯޑް" އިން އަކްޝޭ އާއިއެކުގައި ޕަރޭޝް ރާވަލް، މިތުން ކަޗަކްރޮބަތީ، އޯމް ޕޫރީ އަދި ގޯވިންދާ ނާމްދޭވްގެ އިތުރުން ޓިސްކާ ޗޯޕްރާވެސް ފެނިގެންދިޔައެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ބީކޭ މޯދީ ވިކްރަމް މަލޯތްރާ އަދި އަކްޝޭ ކުމާރެވެ. ޑައިރެކްޓަރަކީ އުމޭޝް ޝުކްލާއެވެ.
މީގެ ފުރަތަމަ ފިލްމުން ފެނިގެން ދިއަ ހިންދޫއިންގެ ކަލާންގެ ކްރިޝްނާގެ ރޯލުން މިފަހަރުވެސް ފެނިގެން ދާނީ އަކްޝޭއެވެ. "އޯ މައި ގޯޑް2″ ގެ ޕްރޮޑިއުސަރަކީ އަޝްވިން ވާރްދޭ އާއި އަކްޝޭ ކުމާރެވެ.
ކޮމެންޓު ފޮނުވާ