މިހާރު ފިލްމް ތަކުގައި ކުޅެލަން ލިބޭ ލޯރުލަތާއި މެދުގައި ވަަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ކެރިއަރުގެ ކުރީކޮޅު ކުޅުނު ކަހަލަ ރޯލުތައް މިހާރު ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ ބަތަލާ ކާޖޮލް ބުނެފި އެވެ.
"ދަ ޓްރަޔަލް" މި މަހުގެ 14 ގައި ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، އޭގެ ޕްރޮމޯޝަންގެ ތެރެއިން ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި 48 އަހަރުގެ ބަތަލާ ބުނީ މިހާރު ކުޅެން ބޭނުން ވަނީ އުމުރާއި ގުޅޭފަދަ ރޯލުތަށް ކަމަށެވެ.
އަދި ހަމަ އެހެންމެ މިހާރު ލިބެނީ އެފަދަ ރޯލުތަށް ކަމަށާއި އެހެންވެ އެކަމާއި އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ހުރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށް ވެސް ބަތަލާ ވަނީ ބުނެފައިއެވެ.
އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން މި ފަހުން އަންނަނީ ބޮޑެތި ދަރިންތަކެއްގެ މައެއްގެ ރޯލު ކުޅެމުންނެވެ. އަދި ދުވަސްވެފައިވާ މީހުންގެ ބައިތަށް ކުޅުމަށް މިހާރު އޭނާ ފަސް ނުޖެހެއެވެ. ކާޖޮލް ބުނީ ކުރު ހެދުން ކޮޅު ނުވަތަ ސްކާޓް އާއި ޓޮޕް ކޮޅު ލައިގެން ނަށާކަހަލަ ރޯލުތަށް މިހާރު އޭނާ ނުކުޅޭ ކަމަށެވެ.
ކާޖޮލްގެ ދެކުދިން ތިބި އިރުގައި މިހާރު އޭނާގެ ދޮށީ ދަރިފުޅު ނިސާއަކީ ޒުވާނެކެވެ. "ބާޒީގަރު"، "ޔޭ ދިއްލަގީ، "ޑީޑީއެލްޖޭ، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، ފަދަ މިއަދުވެސް އެފިލްމް ތަކެއްގެ ވާހަކަ ދައްކާ ފަދަ މަޝްހޫރު ފިލްްމް ތަކެއް ކުޅެފައިވާ ބަތަލާ "ދަ ޓްރަޔަލް" ގައި ފެނިގެންދާނީ ގާނޫނީ ވަކީލެއްގެ ގޮތުގައިއެވެ.
"ދަ ޓްރަޔަލް" ޕްރިމިއާ ކުރާނީ މި މަހުގެ 14 ގައިއެވެ. ކާޖޮލް އާއި އެކުގައި މީގެ ކާސްޓުން ކުބްރާ ސޭޓް، ޝީބާ ޗައްޑާ، އާމިރު އަލީ، އަލީ ޚާން، ވިޖޭ ވިކްރަމް ސިންގް، ސްވަޔަމް ޖޯޝީ، ހެލީން ޝާސްތުރީ، ޝީނާ ޗޯހާން ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ