ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް ޓޮޓްނަމް އާއި އޮސްޓްރިއާގެ ލާސްކް ވާދަކކުރި މެޗު އެއްވަރުވެގެން ލިބުނު ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ޓޮޓްނަމް ކޮލިފައިވެއްޖެއެވެ.
ރަށުން ބޭރުގައި ޓޮޓްނަމް އެއްވަރުވީ 3-3 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓްނަމްއިން ލާސްކްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެއްމެ ހަމަލާއެކެވެ. މެޗުގައި ޓޮޓްނަމް ލަނޑުތައް ކާމިޔާބުކޮއްދިނީ ގްރެތް ބޭލްގެ އިތުރުން ސަން އާއި ޑެލި އަލީއެވެ. ލާސްކްއިން ނަތީޖާ ހަމަ މެޗުގެ އިތުރުވަގުތުގެ އެންމެފަހު މިނިޓުގައިއެވެ.
ރޭގައި ސަން ޖެހިލަނޑާއެކު އޭނާ ވަނީ މި ސީޒަންގެ މިހާތަނަށް 10 ލަނޑުޖާ ހަތަރު ލަނޑުޖަހަން އެހީތެރިވެދީފައެވެ. ރޭގެ މެޗުގައި ބޭލް ޖަހައިދިން ލަނޑަކީ 2013 ވަނަ އަހަރުގެ ފަހުން ޔޫރަޕުގައި ޓޮޓްނަމްއަށް އޭނާ ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. ރޭގައި ޖެހިލަނޑާއެކު އޭނާ ޖެހި ލަނޑުގެ އަދަދުވަނީ 200 އަރާފައެވެ. އެއީ ޓޮޓްނަމްއަށް އެނާ ކާމިޔާބުކޮއްދިން 57 ލަނޑާއި، ދެން ގައުމީ ޓީމާއި ސައުތުހެމްޓަން އާއި ރެއާލް މެޑްރިޑް އެކޮށް ކާމިޔާބުކުރި 143 ލަނޑެވެ.
މިމެޗާއެކު މުބާރާތުގައި ބަލިނުވެ ޓޮޓްނަމްއިން ވަނީ 7 މެޗު ހަމަކޮއްފައެވެ. މި ގުރޫޕްގައި ރޯޔަލް އެންޓިވާޕް ވަނީ ލުޑްގުރުޓްސްގެ މައްޗަށް 3-1 ލަނޑުން ކުރިހޯދާފައެވެ. މިނަތީޖާއެކު މި ގުރޫޕްއިން ދެވަނަ ބުރަށް ދިޔައީ އެންޓިވާޕް އިތުރުން ޓޮޓްނަމްއެވެ. އެންޓިވާޕް ގުރޫޕްގެ ކުރީގައި އޮތީ 12 ޕޮއިންޓާއެކުއެވެ. ޓޮޓްނަމް ދެވަނަގައި އޮތީ 10 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ