މާލޭގެ އެޕާޓެމެންޓަކުން މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓެމެންޓަކުން މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

ފުލުހުން ކުރިއަށްގެންދިޔަ ޑްރަގު އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓެމެންޓަކުން މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ހަ ފިރިހެނެކެވެ. އެއީ އުމުރުން 19 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެ މީހަކާއި، 25 އަހަރުގެ މީހެކެވެ.

އެ މީހުންގެ ބަންދު އަމުރުގައި ބުނެފައި ވަނީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެ މީހުންނާއި ގުޅުން ހުރި ތަނަކުން ފެނިފައިވާ ކަަމަށެވެ. އަދި މަސްތުވާތަކެތި ވިޔަފާރި ކުރުމަށް ބޭނުން ކުރެވޭ އާލާތްތައް އެތަނުން ފެނިފައިވާ ކަމަށް ބުނެފައިވާއިރު، ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓުން އެނގޭ ގޮތުގައި އެ މީހުން ތިބި އެޕާޓްމެންޓަކީ ގިނަބަޔަކު ބައިވެރިވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާ އެޕާޓްމެންޓެއް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އިންޓަލިޖެންސް ރިޕޯޓްގައި މި މީހުންނަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ކަމަށްވެސް ބުނެފައި ވެއެވެ. މި މީހުން ބަންދު ކޮށްފައި ވަނީ މުޖުތަމައުއަށް ނުރައްކަލެއް ކަަމަށް ބުނެއެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމެވެ. މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައި ވެއެވެ.

މި އެންމެން ހައްޔަރުކޮށްފައި ވަނީ އެ މީހުން ތިބި އެޕާޓްމެންޓް ތެރެއިންނާއި އެ މީހުން ތިބި ކޮޓަރި ތެރެއިން މަސްތުވާތަކެތި ފެނިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިއޮތީ އިޔާޒު އެބުނާ ނާންމާންކަން ފިލާ އަމާންކަން މިގައުމުންފެންނަ ވަރު، މިކަންކަމަކީ އަމާންކަން ކަމަށް ވާނަމައަމާންކަން މިއޮތީ މެކުހަށްޖަހާފަ.

Leave a Reply

Your email address will not be published. Required fields are marked *