ފެންނަ މަންޒަރަށް ބަލާއިރު، ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތް: ޒައިދު

ފެންނަ މަންޒަރަށް ބަލާއިރު، ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތް: ޒައިދު

ފެންނަމުންދާ މަންޒަރުތަކާއި ލިބޭ ލަފަޔަށް ބަލާއިރު ފެނިގެންދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓަކު ނެތްތަން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިދު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ނިންމާފައިވާ ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު، އިންތިޚާބުގައި ވާދަކުރެއްވުމާއިމެދު މިމައްސަލާގައި ގޮތެއް ނުނިންމާ އޮތުމުންނެވެ. މައްސަލައިގެ އިސްތިއުނާފް އަޑު އެހުންތައް ކުރިއަށް ދިޔަ ނަމަވެސް އަދި މިހާތަނަށް މިމައްސަލާގައި ވަކި ގޮތެއް ނިންމައި، ރައީސް ޔާމީންގެ ކެނޑިޑޭސީއާއިމެދު ސާފު މަންޒަރެއް ނުފެނެއެވެ.

ޝައިޚު ޒައިދު ވިދާޅުވީ ޕީޕީއެމްގެ މިހާރުގެ މަންޒަރަށް ބަލާއިރު އަދި އިވޭ އަޑުތަކަށް ބަލާއިރު ސާފުވާ އެއްކަމަކީ ޕީޕީއެންގެ ކެނޑިޑޭޓެއް ނެތްތަން ކަމަށެވެ. އަދި ޕީޕީއެމް ފަދަ ބޮޑު ޕާޓީއަކުން ފެނިގެންދަނީ 3،000 މީހުން ހަމަނުވާ ޕާޓީތަކުގެ ފަތަހަށް ދާ ތަންކަމަށެވެ.

މަތީ ތައުލީމާ ތަޖުރިބާހުރި ބައެއް ބޭފުޅުން ppm ގައި މިހާރުވެސް ތިއްބެވިއިރު، ޕާޓީ ތަމްސީލު ކުރާއިރު އެބޭފުޅުން މީހާރު ނުފެންނަނީ ކީއްވެތޯ؟! އަޅުގަނޑަށް ފެންނަ މަންޒަރާ ލަފަޔަށް ބަލާއިރު މިފަހަރު ppm ކެނޑިޑޭޓެއް ނެތް! އަދި އަރަނީ 3k ޕާޓީ ފަހަތަށް! މިއީ ވަރަށް ބޮޑު ވެއްޓުމެއް!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޒައިދު މިވިދާޅުވި 3،000 މީހުން ހަމަނުވާ ޕާޓީތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއެވެ. ޕީޕީއެމްއާއި ދަ ޑިމޮކްރެޓްސް އާއިއެކީ މަޝްވަރާތައް ކުރަމުންދާއިރު، މިމަޝްވަރާތަކުގައި އަދި މިހާތަނަށް މަސައްކަތް ކުރާނެ ވަކި ގޮތްތަކެއް ނިންމާފައި ނުވެއެވެ. ހަމަ އެކަނި އެއްބަސްވެވެނީ ރައީސް ޞާލިހުގެ ވެރިކަން ބަދަކު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވެފައިވުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *