ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ގެ ތިން ފިލްމް އެއް ފުލުފުލުގައި ރިލީޒް ކުރުމަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
އެގޮތުން އޭނާ ފެނިގެންދާ ހޮރޯ-ކޮމެޑީ ފިލްމް "ޗަންދުރަމުކީ 2″ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި ފިލްްމް ގަިއ ކަންގަނާ ކުޅެފައިވަނީ ޖިންނި އަވަލާފައިވާ މީހެއްގެ ރޯލެވެ.
އެފަހުން ޖެހިގެން އަންނަ އޮކްޓޯބަރު މަހުގައިވެސް އޭނާގެ ފިލްމް އެއް ރިލީޒް ކުރާނެއެވެ. އެއީ މިހާރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް ކަމުގައިވާ "ތޭޖާސް" އެވެ. މި ފިލްމް އަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު އޭނާ ފެނިގެންދާ ފިލްމްއެކެވެ.
ނޮވެމްބަރުގައި ވެސް ކަންގަނާގެ ފިލްމް އެއް ރިލީޒް ކުރުމަށްވަނީ ތާވަލް ކޮށްފައިއެވެ. އެއީ ނޮވެމްބަރު 24 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމް "އިމަޖެންސީ" އެވެ. "އިމަޖެންސީ" ގައި އޭނަ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.
ފުުލުފުލުގައި ކަންގަނާގެ ފިލްމް ތަކެއް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާއިރުގައި މި ތިން ފިލްމް އަކީ ވެސް ތަފާތު ޖޯންރާ ތަކުގެ ތިން ފިލްމްއެވެ. "އިމަޖެންސީ" އަދި "ތޭޖާސް" އަކީވެސް ގިނަ ބަޔަކު މިހާރުވެސް ބެލުމަށް ކެތް މަދުވެފައިވާ ފިލްތަކެކެވެ.
ކޮމެންޓު ފޮނުވާ