ޖާންވީ އަށް ތަމަޅަ ފިލްމްއެއް

ޖާންވީ އަށް ތަމަޅަ ފިލްމްއެއް

Author
ފާތިމަތު ނާވީ
11 ޖުލައި 2023 06:21
0

މަޝްހޫރު އެކްޓަރު ކަމަލް ހަސަން ޕްރޮޑިއުސްކުރާ ފިލްމެއް ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރަށް ހުށައަލައިފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މި ފިލްމް އަކީ "ޖަވާން" އިން ޝާހުރުކް ހާން އާއި އެކުގައި ބޮލީވުޑް އަށް ތައާރަފްވާ ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާގެ ފިރިމީހާ  ވިގްނޭޝް ޝިވަން ޑްއިރެކްޓް ކުރާ ފިލްމްއެކެވެ. ޝީވަން އަކީ ސައުތުގެ އިންޑަސްޓްރީގައި ނަންހިނގާ ޑައިރެކްޓަރެކެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ އިންޑިއާގެ މަޝްހޫރު ނޫހެއް ކަމުގައިވާ 'ޕިންްކްވިލާ' އިން ބުނި ގޮތުގައި މި ފިލްމުގެ ބަަތަލުގެ ރޯލު ކުޅޭނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ޑްރާމާގެ ބަތަލު/ޑައިރެކްޓަރު ޕްރަދީޕް ރަންގަނާތަން އެވެ.

ޖާވްނީގެ އަށް ތަމަޅަ ފިލްްމެއް ހުށައެޅިކަމަށް ހަބަރުތަށް ބުނި ނަމަވެސް މިހާތަނަށް އަދި މިކަމާއި ގުޅޭ ގިތުން ކަމަލް ވެސް އަދި ފިލްމް ޓީމުންވެސް މިހާތަނަށް ވާހަކަ ދައްކައިފައިއެއް ނުވެއެވެ.

ޒުވާން ބަތަލާގެ މަންމަ ކުރީގެ މަޝްހޫރު ތަރި ސްރީދޭވީއާ އެކީ ކަމަލް ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 1983 ގެ "ސަދުމާ" އެވެ. ކަމަލް އަކީ ބޮލީވުޑްގެ އިތުރުން ސައުތުގައި ވެސް މަޝްހޫރު މޫނެކެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ކަމަލް ޖާންވީ އަށް ފިލްމް އެއް ހުށައެޅި އިރުގައި އޭނާ ދެ އަންހެން ދަރިންނަކީ ވެސް ފިލްމީ ދާއިރާގައި އާ މޫނު ތަކެއް ނޫނެވެ. އެގޮތުން  ޝުރްތީ ހަސަން އަކީ މިހާރުވެސް ސައުތުގެ މަޝްހޫރު އަދި ނަން ހިނގާ ބަތަލާއެކެވެ. މީގެ އިތުރުން އަކްޝަރާ ހަސަން އަކީ ވެސް ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ބަތަލާއެކެވެ.

ޖާންވީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ތެލެގޫ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "އާރްއާރްއާރް" ގެ އެއް ބަތަލު ކަމަށްވާ އެންޓީއާރް ޖޫނިއާއާ އެކީ ފެނިފެންދާނެ "ދެވާރާ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.