2018ގެ ކުރިން ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި، ނާމާން ކަމުގެ ތެރެއަށް އަލުން ދާން އެދޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގައި ށ.އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި ށ.ކޮމަންޑޫއަށް ވަޑައިިގެން އެރަށުގެ ރައްޔިތުންނާއިމުޚާތަބު ކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ ހަމަޖެހުމާއި ސުލްހަ ވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރިމަތިލާ ބޮޑު އިމްތިހަނެއް ކަމަށެވެ. މީގެ ފަސް އަހަރުކުރިން ރާއްޖެ އޮތް ހާލަތަށް އަލުން ދާންބޭނުން ނަމަ، އެއީ ބިރުވެރި ހާލަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ހަމަޖެހުމާއި އަމާންތަކަމާއި، ސުލްހަވެރިކަމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ގޮތްކަމަށާއި، މިއަދު އޮތް ހަމަޖެހުން ނަގާލަން އެދޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުންގެ ތަރައްޤީއަށް ފަށާފައިވާ ބޮޑެތި މަޝްރޫއުތައް ނުހުއްޓައި ކުރިއަށް ގެންދެވޭނީ ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަނިޔާވެރިކަމާއި، ބިރުވެރިކަމަށް ދާންތޯ، ނޫނީ ފެށި މަސައްކަތް އުފާވެރި އަމާން ރާޖެއަކާއިއެކު ކުރިއަށްދާނީތޯޯ ނިންމަވާނީ ތިޔަ ބޭފުޅުން. އެއްވެސް ރައްޔިތަކު އެނަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުމެއް ނުވާނެ. މިފަށާފައިވާ މަސައްކަތްތައް ހުއްޓުމުގެ ބިރު އެބައޮތް ތިޔަބޭފުޅުން ނިންމަވާ ނިންމުމެއްގެ ސަބަބުން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވަޢުދެއް ވެއްޖެނަމަ އެވައުދެއް ފުއްދާނެ ޕާޓީއެއް ކަމަށެވެ. އެޔަގީންކަން ދިވެހި ރައްޔިތުން އެމްޑީޕީއާއި މެދު ބާއްވާކަމީ ރާއްޖޭގެ ތަރައްޤީއަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑާއިއެކު އައި އިޤްތިޞާދީ ގޮންޖެހުންތަކާއިއެކުވެސް ޤައުމުގެ ހިންގުން ކުރިއަށް ގެންގޮސްފައިވަނީ ތަރައްޤީއާއި ކުރިއެރުން ނުހުއްޓޭފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ 2018ގައި ވައުދުވި ގޮތަކަށް ށ.އަތޮޅުގައި އެއާޕޯޓެއް އަޅާދޭނެކަމަށް ވައުދުވެފައެވެ. އަދި މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅާލަދޭނެކަމަށް ރައީސް މިއަދުވެސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
One Response
މިހާރުގެ.ބިރުވެރިކަމާއަނިޔާވެރިކަމާ ފަހިވެތިކަންމާބޮޑު ބިޔަބޮޑު ދަރަނިއްވެސްއެކަން ފާހަގަވޭ