ސޮނާލީ އާއި ޝިލްޕާ ގެ މަޖާ ވީޑިއޯއެއް

ސޮނާލީ އާއި ޝިލްޕާ ގެ މަޖާ ވީޑިއޯއެއް

Author
ފާތިމަތު ނާވީ
10 ޖުލައި 2023 10:54
0

މީގެ އަހަރުތަކެއް ކުރިއަ ޖެހިލާނާމަ ބޮލީވުޑަކީ މިއަދު ފެންނަ ވަރަށް ވުރެ މާ ބޮޑަށް ވެސް ތަފާތު ދާއިރާއެކެވެ. ހިތް ހެޔޮ ކަމާއިއެކުގައި ވާހަކަ ދައްކާ ގާތް ރަހުމަތެރިން ނެއް އެދާއިރާ އަކުން ނުފެނެއެވެ. އެކަކު އަނެއްކަކާއި ނުޖެހޭ ތަރިއެއް މަދެވެ. ކޮންމެ މީހަކުވެސް ބަލަނީ އެނެއކެއްގެ ކަރަށް ފައިން އަރައި ކުރި އަރައި ދެވޭތޯއެވެ.

އެގޮތުން ދެތަރިންގެ މެދުގައި ޖެހޭ މައްސަލަ ތަށް މިއަދާއި ހަމައަށްވެސް ބައެއް ތަރިންގެ މެދުގައި އޮވެއެވެ. އަދި ދެމީހުން މުޑި އަރާ ވަގުތުގައިވެސް ވާހަކަދައްކައި އެންމެ ކުޑަ މިނުން ހިނިތުން ވުމެއްވެސް ނުދޭ ތަރިން އަދިވެސް އުޅެއެވެ.

ނަމަވެސް ޒަމާނާއި އެއްގޮތްވާ ގޮތުގެ މަތިން މިވަނީ އެދާއިރާވެސް ބަދަލުވެއެވެ. އެކަކު އަނެއްކަކާއި ހިތުން ރުހުމުން އަނގައިބުނާ ތަރިން ގިނައެވެ. ރުޅިވެރިކަން އެފަރާތް ކޮށް ހެޔޮހިތުން ވާހަކަ ދައްކާ ތަރިން ގިނައެވެ. ނަމަވެސް އަދިވެސް އެނަން ބޮލީވުޑްއިން ކަނޑުވައިލެވޭ ވަރެއް ނުވެއެވެ.

އެކަކު އަނެއްކަކަށް ރުޅި މޫނު ދައްކާއި ވާހަކަ ނުދައްކައި ތިބޭ ތިބުމަށް މީޑިއާއިން ދައްކާ ވާހަކަ އާއި ގުޅިން ކުރީގެ ދެބަތަލާއިން ކަމުގައިވާ ސޮނާލީ ބޭންޑްރޭ އާއި ޝިލްޕާ ޝެޓީ މިވަނީ ވިޑީއޯއެއް ތައްޔާރު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ސޮނާލީ އަދި ޝިލްޕާ އަކީވެސް ކުރީގެ ފިލްްމ ތަކުގައި އެންމެ ގިނަ އިން ފެންނަ ދެތަރިންނެވެ. އަދި އެމީހުން ނަކީ ކާމިޔާބު ދެތަރިންނެވެ. ނަމަވެސް މިހާރު މިދެތަރިންވެސް ފިލްމީ ދާއިރާއިން ފެންނަނީ ވަރަށް މަދުންނެވެ. ހާސްކޮން ބޮޑ ސްކްރީން އިން ފެނުން ވަަރަށް ބޮޑަށް މަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.