މިއަހަރުގެ މިހާތަނަށް 100 ކަރޯޑްގެ ކްލަބްއަށް ވަތް ބޮލީވުޑް ފިލްމުތައް

މިއަހަރުގެ މިހާތަނަށް 100 ކަރޯޑްގެ ކްލަބްއަށް ވަތް ބޮލީވުޑް ފިލްމުތައް

Author
ފާތިމަތު ނާވީ
09 ޖުލައި 2023 08:04
0

މިއަހަރަކީވެސް ގިން ފިލްމް ތަކެއް މިހާހިސާބަށް އައި އިރުގައި ބޮލީވުޑްގައި ރިލީޒް ކުރި އަހަރކެެވެ. ތަފާތު އެކި ޖޯންރާ ތަކުގެ ފިލްމް ތަށް ގެނެސްދިން އަހަރެކެވެ. އަހަރު ފެށުނީންސުރެ ސިނަމާގައި ފިލްްމް ނެއް ދުވަހެއް ނެތެވެ.

ސިނަމާގެ އިތުރުން މިހާރު ވައިގައިފިފައިފައިވާ އޯޓީޓީ ޕްލެޓްފޯމްގައި ވެސް ފިލްމް ރިލީޒް ކުރަމުން އަންނަ ވަރު މަދެއް ނޫނެވެ. އެގޮތުން ނެޓްފްލިކްސް އާއި އެމެޒޯން ޕަރައިމް، ޒީ-5 އަދި ޑިސްނީ ޕްލަސް ހޮޓްސްޓާ ފަދަ ޕްލެޓްފޯމްތަކުގައި ޕްރިމިއާ ކުރި ފިލްމް ތަކެއްއްވެސް މަދެއް ނޫނެވެ.

ކިތަންމެ ފިލްމް އެއް ރިލީޒް ކުރި ނަމަވެސް މިހާތަނަށް 100 ކަރޯޑްގެ ކްލަބް އަށް ވަދެފައިވަނީ އެންމެ ފަސް ފިލްމްއެވެ. މި ފިލްމް ތަކަކީ މިއަހަރު މިހާތަނަށް 100 ކަރޯޑް ކްލަބް އަށް ވަތް ފިލްްމް ތަކެވެ.

މި ލިސްޓްގެ އެންމެ ފުލުން ޖާގަހޯދައިފައިވަނީ ސްޕަސްޓާރު ސަލްމާން ހާންގެ "ކިސީކާ ބާއީ ކިސީކީ ޖާން" އެވެ. މި ފިލްމް އަކީ ލީޑުން ސަލްމާން އާއި އެކުގައި ޕޫޖާ ހޭގްޅޭ ފެނިގެންދިއަ ފިލްްމްއެކެވެ. ފިލްމް ގެ ކާސްޓުގައި ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ އާއި ޝޭހެނާޒް ގިލް އާއި ރާގަވް ޖުޔަލް އަދި ސިދާތް ނިގަމް ފާހަގަ ކުރެވެއެވެ. އަދި ސައުތުގެ މަޝްހޫރު ދެ ތަރިންކަމުގައިވާ ވެންކަޓޭޝް އާއި ޖަގަޕަތީ ބާބޫވެސް ފެނިގެންދެއެވެ.

144 މިނިޓް ގެ މި ފިލްމް ރިލީޒް ކޮށްފައިވަނީ މިއަހަރުގެ އެޕްރިލްް މަހުގެ 21 ވަނަ ދުވަހުގައިއެވެ. މި ފިލްމްއަކީ 225 ކަރޯޑްގެ ބަޖެޓަކުން ހެދި ފިލްމްއެކެވެ. ފިލްމް ގެ ޖުމްލަ އާމްދަނީ އަކީ 182.44 ކަރޯޑްއެވެ.

ފުލުން ދެވަނަ ލިބެނީ ރަންބީރު ކަޕޫރު އާއި ޝްރައްދާ ކަޕޫރުގެ ލޯބީގެ ފިލްްމް "ތޫ ޗޫޓީ މޭ މައްކާރް" އަށެވެ. މި ފިލްމް އަކީ އަސަރުގަދަ ލޯބީގެ ފިލްްމްއެކެވެ. ލަވް ރަންޖަން ޑައިރެކްޓް ކުރި މި ފިލްމް ގެ ކާސްޓުން ޑިމްޕަލް ކަޕާޑިއާ، ބޯނޭ ކަޕޫރު އާއި ހަސްލީން ކޯރް އަދި އަނުބަވް ސިންގ ބާސީވެސް ފެނިގެންދެއެވެ.

މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގައި ރިލީޒް ކުރި މި ފިލްްމް އަކީ 164 މިނިޓްގެ ފިލްމްއެކެވެ. 200 ކަރޯޑްގެ ބަޖެޓަކުން ހަދައިފައިވާ ފިލްމް އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 220.10 ކަރޯޑްއެވެ.

ދެން މި ލިސްޓުން ޖާގަ ލިބެނީ ފިލްމް "އަދިޕުރުޝް" އަށެވެ. މީ ވަރަށް އުންމީދީ ފިލްމްއެކެވެ. ނަމަވެސް އުންމީދު ކުރި ވަރާއި ގާތަށްވެސް ފިލްމް ވިޔަފާރީ ކޮށްފައިއެއް ނުވެއެވެ. މިއަހަރުގެ ޖޫން 16 ވަނަ ދުވަހުގައި ރިލީޒް ކުރި މި ފިލްމް ގެ ލީޑުން ފެނިގެންދަނީ ސައުތުގެ މަޝްހުރު އެކްޓަރު ޕްރަބާސް އާއި ސައިފް އަލީ ހާން އަދި ކްރިތީ ސެނޮންއެވެ.

ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވި ފިލްމް އަކީ އޯމް ރައުޓް ޑައިރެކްޓް ކޮށްފައިވާ ފިލްމްއެކެވެ. 179 މިނިޓްގެ މި ފިލްމް އަކީ 500–700 ކާރޯޑް ގެ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމްއެކެވެ. ނަމަވެސް ފިލްމް އަށް ހޯދިފައިވަނީ އެންމެ 392.20 ކަރޯޑްއެވެ.

ދެވަނަ ލިބިގެންދަނީ "ދަ ކެރެލާ ސްޓޯރީ" އަށެވެ. މި ފިލްމް އަކީ ލީޑުން އަންހެން ތަރިން ތަކެއް ފެނިގެންދާ ފިލްމްއެކެވެ. މި ފިލްމް ގެ ލީޑުން ފެނިގެންދަނީ އަދާ ޝަރްމާ އާއި ޔޯގިތާ ބިހާނީ އަދި ސޯނިއާ ބަލާނީ ގެ އިތުރުން ސިއްދީ އިޑްނާނީއެވެ.

މި ފިލްމް އަށް ދެވަނަ ލިބިގެންދަނީ ފިލްމް އަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ނަމަވެސް ވަރަށް ބޮޑު އާމްދަނީއެއް މި ފިލްމް އިން ހޯދައިފައި ވުމެވެ. އެގޮތުން ހަތަރު އަންހެނުންގެ މި ފިލްމް އަށް 303.97 ކަރޯޑްގެ އާމްދަނީއެއް ލިބުނެއެވެ.

ސުދިޕްޓޯ ސެން ޑައިރެކްޓްކޮށްފައިވާ 138 މިނިޓްގެ މި ފިލްމް އަކީ އެންމެ 15–20 ކަރޯޑްގެ ކުޑަ ބަޖެޓަކުން އުފެއްދި ފިލްމްއެކެވެ. މީ ގިނަ ބަޔަކަށް ކަމުދި ފިލްމްއެކެވެ.

ލިސްޓްގެ އެއްވަނަ ހޯދައިފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް "ޕަޓާން" އެވެ. މި ފިލްމް އަކީ ގިން ރެކޯޑްތަކެއްވެސް މުގުރާލި ފިލްމްއެކެވެ. ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ ޝާހުރުކް ހާން އާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމްއެވެ. ފިލްމް ގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ، އަޝުތޯޝް ރާނާ އަދި ޕްރަކާޝް ބެލްވާޑީވެސް ހިމެނެއެވެ.

ޝާހުރުކް ހާން ގިން ދުވަސްތަކަކށް ފަހު އެނބުރި އައުން ފާހަގަ ކުރި މި ފިލްްމް އަކީ ސިދާތް އާނަންދު ޑައިރެކްޓް ކޮށްފައިވާ އެކްޝަން ފިލްމްއެކެވ. 146 މިނިޓްގެ މި ފިލްމް އަކީ 225 ކަރޯޑް ބަޖެޓަކުން އުފައްދައިފައިވާ ފިލްމްއެކެވެ. 1,050.3 ކަރޯޑްގެ ބޮޑު އާމްދަނީއެއް ފިލްމް ވަނީ ހޯދައިފައިއެވެ.

ކުރިއަށް ވެސް ތަފާޓު ފިލްމް ތަކެއް މިއަހަރު އަދި ރިލީޒް ކުރުމަށް އަންނަނީ ތާވަލް ކުރަމުންނެވެ. އަދި އަހަމަ އެއާއި އެކުގައި ސިނަމާގަިއ މިހާރުވެސް ބައެއް ފިލްމް ތަށް އަޅުވައިފައި އެބްހުއްޓެވެ. މިހާރު ސިނަމާގައި އޮތް ފިލްމް ތަކުގެ ތެރޭއިން އެންމެ ފާހަގަ ކޮށްލެވޭ ފިލްމް އަކީ "ސަތިއަޕްރޭމްކީ ކަތާ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.