މިހާ އަމާން ރާއްޖެއެއް ނުދެކެން، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހައްގު: މާރިޔާ

މިހާ އަމާން ރާއްޖެއެއް ނުދެކެން، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހައްގު: މާރިޔާ

މިއިން ޒަމާނަކުވެސް ރާއްޖެއިން ނުފެންނަ އަމާންކަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ފެންނަމުން އަންނަކަމަށާއި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ޑޯޓުޑޯ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. މީގެކުރިން މާލޭގެ މަގުމަތިން ގިނަ ހާދިސާތަކެއް ފެނުނުނަމަވެސް، މިއަދު މާލޭގެ މަގުތައް ފެންނަނީ އަމާންކޮށްކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއިން ޒަމާނަކުވެސް ނުފެންނަވަރުގެ އަމާން ދުވަސްކޮޅެއް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. އެހެންވީމަ އަޅުގަނޑުމެން މިދެކެނީ ދިވެހި ރައްޔިތުން މި ބޭނުންވަނީ އެގޮތޭ. ހަމަޖެހިގެން އުޅެން ރައްޔިތުން ބޭނުންވޭ.

– ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މީޑިއާއަކާއި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މީގެކުރިން ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމުގެ އަމާންކަމެއް ނެތްކަމާއި ނޫސްވެރިކަމުގެ މިނިވަންކަމެއްވެސް ނެތްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިއަދު ނޫސްވެރިކަމުގެ މިނިވަންކަމާއި އެހެނިހެން ހައްގުތައްވެސް ކަށަވަރުވެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *