މުޖާހިދެއްގެ ހަމަލާގައި އިސްރާއިލު ސިފައިންގެ މީހަކު މަރާލައިފި

މުޖާހިދެއްގެ ހަމަލާގައި އިސްރާއިލު ސިފައިންގެ މީހަކު މަރާލައިފި

ފަލަސްތީނުގެ މުޖާހިދެއްގެ ހަމަލާގައި އިސްރާއީލުގެ ސިފައިންގެ މީހަކު މަރާލައިފިއެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އިމާރާތް ކުރަމުންދާ ސަރަހައްދެއްގައި ފޯރިމަރަމުންދިޔަ އިސްރާއީލުގެ ސިފައިންނަށް ބަޑިން ހަމަލާދިން ފަލަސްތީނު މީހާ ހޯދާ، ޝަހީދު ކޮށްލާފައި ވާކަމުގައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފައިވަނީ މި ހަމަލާއަކީ ފާއިތުވެދިޔަ ހަފްތާގައި ޖެނީން ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދެ ދުވަހަކަށް ހިންގާފައިވާ "ގަތުލު އާންމު"ގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމުގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ފަލަސްތީނުގެ މީހަކު ބަޑިޖަހާފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ "ކެޑުމިން ސެޓްލްމަންޓް" ކައިރީގައި ސެކިއުރިޓީ ޕޯސްޓެއްގައި ފޯރިމަރަމުންދިޔަ އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ކަމުގައެވެ. އަދި ބަޑިޖަހާފައިވަނީ ޝައްކުކުރެވޭ އެއްގަމު އުޅަނދެއް ހުއްޓުވުމުން ކަމަށާއި، ބަޑީގެ ހަމަލާ އަމާޒުވި އިސްރާއީލު ސިފައިންގެ މީހާ ވަގުތުން މަރުވެފައިވާކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އަދި ހަމަލާދިން މީހާ ހަމަލާ ދިނުމަށްފަހު ފިލިނަމަވެސް އޭނާ ހޯދާ، މަރާލާފައިވާކަމަށްވެސް އިސްލާއިލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ހިސޯރު ކޮށްފައިވާ ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތުން ބުނެފައިވަނީ މިހަމަލާގެ ޒިންމާ އެ ޖަމާއަތުން އުފުލާ ކަމުގައެވެ. އަދި މި ހަމަލާ ދީފައިވަނީ އެ ޖަމާއަތުގެ މެމްބަރެއްކަން ހާމަކުރަމުން ހަމާސް ޖަމާއަތުން ބުނެފައިވަނީ މިއީ އިސްލާއީލުން ޖެނީން ރެފިއުޖީ ކޭމްޕުގައި ހިންގި ޖަރީމާގެ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމުގައެވެ.

ދުޝަމްނުން ދަންނަންވީ ކަމަކީ ޖެނީންގައި އެމީހުން ހިންގި ޖަރީމާގެ ސަބަބުން އަހަރެމެންގެ ސާބިތުކަން އިތުރު ވެއްޖެކަން. އަދި ފަލަސްތީން މިނިވަން ވަންދެއް އެސާބިތިކަން އެގޮތުގައި ދެމިހުންނާނެ ކަން."

ހަމާސް ޖަމާއަތުން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއިލު ސިފައިން ފަލަސްތީނުގެ ޖެނިން ރެފިއުޖީ ކޭމްޕުގައި ހިންގު އަސްކަރީ އޮޕަރޭޝަންގައި ފަލަސްތީނުގެ 12 މީހަކު ޝަހީދުވެފައި ވާކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނޭ ކަމުގައެވެ. އަދި 120 މީހަކަށް އަނިޔާވެ، 3،000 މީހުންވަނީ ކޭމްޕް ދޫކޮށް ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *