ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ ކްރިތީ ސަނޮން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފެއްދިކަން އިއުލާނުކޮށްފި އެވެ.
މީޑިއާތަކުން މިދިޔަ މަހު ވަނީ ކްރިތީ ފިލްމް ޕްރޮޑިއުސް ކުރަން ނިންމި ކަން އިއުލާން ކޮށްފައިއެވެ. އަދި އޭނާ ފުރަތަމަ ޕްރޮޑިއުސް ކުރާ ފިލްމް ވެސް މީޑީއާއިން ވަނީ ހާމަކޮށްފައިއެވެ.
އިއްޔެރޭ ސޯޝަލް މީޑިއާފައި ކްރިތީ ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ނަން އިއުލާންކޮށްފަ އެވެ. އޭގެ ނަމަކީ "ބްލޫ ބަޓަފްލައި ފިލްމްސް" އެވެ. މި ޕްރޮޑަކްޝަން ހައުސްއަކީ، ކްރިތީގެ ކޮއްކޮ ނުޕުރު ސިންގްއާ ދެ މީހުން ހިއްސާވާ ކުންފުންޏެކެވެ.
ކްރިތީ ބުނީ ފިލްމީ މަސައްކަތް އޭނަ ކުރަނީ ވަރަށް ލޯބިން ކަމަށާއި އަމިއްލަ ޕްރޮޑަކްޝަން ހައުސްއާ އެކީ އޭގެ މަސައްކަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. "ބްލޫ ބަޓަފްލައި ފިލްމްސް" އިއުލާންކޮށް އޭނަ ބުނީ މިއަދު އަނެއްކާ ވެސް ފޭނުންނަށް އުފާވެރި ޚަބަރެއް ދޭނެ ކަމަށެވެ.
2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ އިންސްޓްގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ފިލްމީ ދާއިރާ އަށް ނުކުތްތާ މިހާރު ނުވަ އަހަރުވީ ކަމަށާއި މަޑުމަޑުން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް އަނެއްކާ ވެސް މި ދާއިރާގެ ތެރެއިން އާ ދަތުރެއް ފަށަނީ ކަމަށެވެ.
ކޮމެންޓު ފޮނުވާ