ޝާހުގެ ދެބަފައިންގެ ފިލްމް ގެ ޝޫޓިން އޮކްޓޯބަރުގައި

ޝާހުގެ ދެބަފައިންގެ ފިލްމް ގެ ޝޫޓިން އޮކްޓޯބަރުގައި

Author
ފާތިމަތު ނާވީ
08 ޖުލައި 2023 06:13
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން އެކުގައި ފެނިގެންދާ ފިލްމްގެ ޝޫޓިން ގެ ފިލްމް އަންނަ އޮކްޓޯބަރު މަހުގައި ފަށާނެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހްރުކްގެ ފިލްމު ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނަގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްކްލިސް ގުޅިގެން ހަދަން ހަމަޖެހިފައިވާ މި ފިލްމް އަކީ އެކްޝަން ތްރިއްލާ އެއް ކަމަށް ފަހުގެ ހަބަރުތަށް މިހާރު އަންނަނީ ބުނަމުންނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަދި ނަން ހާމަނުކުރާ މި އެކްޝަން ތުރިލާ އަށް ޑައިރެކްޓަރު ސުޖޯއި ގޯޝް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި ފިލްމު ވާނީ އޭނަ ޑައިރެކްޓްކުރާ ފިލްމެއް ޝާހްރުކް ކުޅޭ ފުރަތަމަ ފަހަރަށެވެ. ސުޖޯއީ އަކީ ޝާހްރުކް ޕްރޮޑިއުސްކުރި 2019 ގެ "ބަދުލާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ. އެ ފިލްމު ކުޅުނީ އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫ އެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

މައުލުމާތު ލިބޭ ގޮތުގައި ޝާހްރުކާއި ސުހާނާގެ ފިލްމުގެ މަސައްކަތް ފަށާނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދާ ޝާހްރުކްގެ "ޑަންކީ" ގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހުއެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރުގަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކާއި ސުހާނާގެ ފިލްމުގެ ޝޫޓިން އޮކްޓޯބަރުގައި ފަށައި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލާނެ އެވެ. އަދި މީގެ މަންޒަރުތައް އިންޑިއާގެ އިތުރުން އެ ގައުމުން ބޭރުގައި ވެސް ނަގާނެ އެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

 

ސުހާނާ އަށް އެކްޝަން ފިލްމް އެއް ލިބުން އިރުގައި އޭނާ ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދި އާޗީސް" އަދި ރިލީޒް ވެސް ނުކުރެއެވެ. މި ފިލްމް އަކި ގިނަ ސްޓާކިޑުން ތަކެއް ބޮލީވުޑް އަށް ތއާރަފްވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.