ކޮންމެވެސް ވަރަކަށް ޝޫޓިންގ ވެސް ކުރިއަށް ގެންދިއުމަށްފަހު ދޫކޮށްލި ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "އިންޝާﷲ" އަލުން ސަލްމާން ހާން ބޭނުން ވެއްޖެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" ސަލްމާން ޚާން ދޫކޮށްލި ސަބަބެއް މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. ނަމަވެސް ފިލްމް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިއުމަށްފަހު ފިލްމް ސަލްމާން ދޫކޮށްލުން މިހާތަނަށް ވެސް ފިލްމް އޮތީ ފާޑަކަށް ހުއްޓިފައިއެވެ.
މީޑިއާތަކުން ބުނީ ސަލްމާން މި ފަހުން ކުޅުނު ފިލްމުތަކުގެ ވިޔަފާރި ވަރަށް ދަށްކޮށް ގޮސްފައިވާތީ އޭނަގެ ކެރިއަރުގެ އަލުން ކޮޅަށް ޖަހަން ބަންސާލީއާ އެކީ މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ ދޫކޮށްލި ފިލްްމް އަލުން ކުޅެން ބޭނުންވާކަމަށް ވެއެވެ.
ސަލްމާން ބޭނުންވަނީ އެކްޝަން ފިލްމްތަކުން އެއްފަރާތްވެ ތަންކޮޅެއް ޖަޒުބާތީ ފިލްްމްއެއެއް ކުޅުމަށެވެ. "އިންޝާﷲ" އަކީ އުމުރުން ދުވަސްވީ ފިރިހެނަކާއި ޒުވާން އަންހެން ކުއްޖެއްގެ މެދުގައި ހިނާ ލޯބީގެ ކަންތަށްތަކެއް ދައްކުވައިދޭ ފިލްއެކެވެ. ސަލްމާން އާއި އެކުގައި މި ފިލްމް އިން ފެނިގެންދާނީ އާލިއާ ބަޓްއެވެ. މީ ދެމީހުން އެކުގައި ކުޅޭ އަަލަތު ފިލްމްއެވެ.
ބައެއް މީޑިއާއިން ކުރިން ބުނެފައިވާ ގޮތުގައި ފިލްމް ދޫކޮށްލަން ސަލްމާން ނިންމީ ފިލްމް ގައި މާ ގައިގޯޅި މަންޒަރުތަށް ހުންނާތީއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ ސަލްމާން އެފިލްމް ގެ ލީޑަށް ހަމަޖެއްސުމަށް ބޭނުންވީ އޭރު އޭނާއާއި ލޯބީގެ ގުޅުމެއް އޮތްކަމަށް މީޑިއާތަކުން ބުނަމުން ދިއަ ބަތަލާއެއް ނަމަވެސް ސަންޖޭ އެގޮތް ބޭނުން ނުވީއެވެ. ނަމަވެސް ބަތަލާގެ ނަމެއް ހާމަކޮށްފައިއެއް ނުވެއެވެ.
ސަލްމާނާ އެކު ބަންސާލީ ކުރިން ގެނެސްދިން ފިލްމުތަކަކީ 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" އާއި 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަދި 2007 ގެ "ސާވަރިޔާ" އެވެ.
ކޮމެންޓު ފޮނުވާ