ފިލްމު ކުޅުން ހުއްޓާލައި، ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސް މިހާރު ބުރުގާވެސް އަޅައިފައިވާ އިންޑިއާގެ ކުރީގެ މަޝްހުރު ބަތަލާ ސަނާ ޚާނަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ސަނާ އާއި ފިރިމީހާ މުފްތީ އަނަސް ސައްޔިދުގެ އަލަތު ދަރިފުޅު އުފަންވުމާއި ގުޅިގެން އެ ވާހަކަ ދެމަފިރިންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް، ﷲ އަށް ހަމްދުކޮށް ޝުކުރުކުކޮށް ވަނީ ޕޯސްޓެއް ދޫކޮށްލައިފައިއެވެ.
އިއްޔެ ސަނާ ވިހައިފައިވާ އިރުގައި އެދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ހައްޖު ގެ އަޅުކަމުގެ އިތުރުން އުމްރާގެ އަޅުކަން ވެސް އަަދާކޮށްފައިވާ ސަނާ އޭނާ ބަނޑުބޮޑު ކަން ހާމަކޮށްފައިވަނީ އިގްރާ ޓީވީ އަށް މި އަހަރުގެ ކުރީކޮޅުގައި ދިން އިންޓަވިއުއެއްގައިއެވެ.
34 އަހަރުގެ ބަތަލާ އަނަސް ކައިވެނިކުރީ 2020 ގެ ފަހުކޮޅު އެވެ. އެފަހުން ފިލްމީ ދާއިރާއިން އެއްވެސް ވަރަކަށް ސަނާ ނުފެނެއެވެ. އޭނާ ފެންނަމުން ދަނީ އަޅުަކން ކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ކަންކަމުގައި އުޅެނިކޮންނެވެ.
ކޮމެންޓު ފޮނުވާ