އާމިރު އަންނަނީ ލަވައެއް ރެކޯޑް ކުރަމުން

އާމިރު އަންނަނީ ލަވައެއް ރެކޯޑް ކުރަމުން

Author
ފާތިމަތު ނާވީ
07 ޖުލައި 2023 05:54
0

ބޮލީވުޑް އަށް އެނބުރި އައުން ފާހަގަ ކުރި ފިލްމް ފްލޮޕް ވުމާއި އެކުގައި ވީ ދެރައިން ބޮލީވުޑް އިން ބްރޭކް އެއް ނެގި ސްޕަސްޓާރު އާމިރު ހާން އަންނަނީ ލަވައެއް ރެކޯޑްކުރަމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އާމިރު ގިން ދުވަސްތަކަށްފަހު އެނބުރި އައުން ފާހަގަ ކުރި ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި "ލާލް ސިންގް ޗައްޑާ"އެވެ. ނަމަވެސް އުންމީދު ކުރިވާރައި ގާތަށްވެސް މި ފިލްމް އަށް ތަރުހީބު ލިބިފައިއެއް ނުވެއެވެ. އަދި ފިލްމް ފްލޮޕް ވުމުނ އާމިރު ވަނީ ހިތް ހަލާކު ވެފައިއެވެ.

އެއާއި އެކުގައި އޭނާ ވަނީ އެކްޓިންއިން ދޮޅުއަހަރެއްހައި ދުވަހުގެ ބްރޭކް އެއް ނަގައިފައިއެވެ. އަދި އޭނާ ބްރޭކް ނަގައިފައިވަނީ އާއިލާ އާއި އެކުގައ އަގުހުރި ވަގުތުތަކެއް ހޭދަކުރަން ކަމަށް ބުނެއެވެ.

ބްރޭކް ގައި ހުރި ނަމަވެސް ދޭތެރެ ދޭރެއިން އޭނާ އަންނަނީ މީޑިއާގެ ސަމާލުކަން ހޯދަމުންނެވެ. އެގޮތުން އަނެއްކައިވެސް އޭނާ މިވަނީ އާންމުންގެ ސަމާލުކަން ހޯދައިފައިއެވެ. އެގޮތުން އޭނާ އަންނަނީ ފިލްމީ ދާއިރާގެ އައު ހަރުފަތަކަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. މީޑިއާއިން ބުނީ އާމިރު މިވަގުތު އަންނަނީ ލަވައެއް ރެކޯޑް ކުރަމުންނެވެ.

މި ވާހަކައެއް އިއްޔެ އިން ފެށިގެން ދެކެވެން ފެށީ މިއުޒިކް ޑައިރެކްޓަރު ރާމް ސަމްޕަތުގެ ރެކޯޑިން ސްޓޫޑިއޯގައި އާމިރު އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް އިއްޔެ، ރާމްގެ ބައިވެރިވެރިޔާ ލަވަކިޔުންތެރިޔާ ސޯނާ މަހާޕަޓްރާ އިންސްގްރާމް ސްޓޯރީގައި ޕޯސްޓްކުރުމާ ގުޅިގެންނެވެ.

ރާމް ސަމްޕަތަކީ އާމިރާ ވަރަށް ގާތްކަން އޮންނަ އޭނަގެ ބައެއް ފިލްމުތަކަށް މިއުޒިކް ހަދައިދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި 2012 ގެ "ތަލާޝް" އާއި 2009 ގެ "ޕީޕްލީ ލައިވް" ހިމެނެ އެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނޭގެއެވެ.

މީގެ ކުރިން އޭނާ ވަނީ  "އާތީ ކިޔާ ކަންޑާލާ" ކިޔައި ލަވައެއް އަމިއްލަ އަޑުން ރެކޯޑް ކޮށްފައިއެވެ. އެއީ 1998 ވަނަ އަހަރު އޭނާ ލީޑުން ފެނިގެންދިއަ ފިލްްމް "ގުލާމް" ގެ ލަވައެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.