މަޝްހުރު ކަން ލިބުން ނަމަވެސް އޭނާ އާއި އެކުގައި މަސައްކަތް ކުރަން އެކަކުވެސް ބޭނުން ނުވާ ކަމަށް ބަތަލާ އުރްފީ ޖޭވެދް ބުނެފިއެވެ.
އުރްފީ އާންމުންގެ ތެރޭގައި މަޝްހޫރު ވެގެން ގޮސްފައިވަނީ ނިވާކަން ކުޑަ ގޮތަށް ހެދުން އެޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ ތަފާތު ޕްރޮޕް ތަކުން ހެދުން ތައްޔާރު ކޮށް އާންމުން ކޮސްކޮށްލައިފައިއެވެ. އެގޮތުން މިފަހުން އޭނާ ވަނީ ސާފަތް ޕެކެޓްއިން ހެދުމެއް ލައިފައިއެވެ.
މީގެ އިތުރުން އޭނާ ވަނީ ތަފާތު ވައްތަރުގެ ސާމާނު ބޭނުން ކޮށްގެން ހެދުން ތައްޔާރުކޮށް އެލައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. އެގޮތުން ފޯނަށް ލައްވާ ސިމް އާއި ގަހެއްގެ ތޮށި ގަނޑާއި މަސް ހިފުމަށް ބޭނުން ކުރާ ދާގަނޑަކުން ހެދުމެއް ހަދައިގެންވެސް އޭނާ ވަނީ އާންމުންގެ ސާމާލު ކަން ހޯދައިފައިއެވެ.
އާންމުންގެ ސަމާލުކަން ހޯދުމަށް އުރްފީ ކިތަންމެ ކުޅަދާނަ ނަމަވެސް އަދި ކޮންމެ ދުވަހެއްގެ ހަބަރުތަކުގެ ފަލަސުރުހީން ޖާގަ ހޯދި ނަމަވެސް އޭނާ ގެ ފިލްމް އެއް އަދި ލަވައެއް ނަމަވެސް މިހާތަނަށް ނެރެފައިއެއް ނުވެއެވެ. އަދި އެއީ އޭނާގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއެވެ. އެއީ އޭނާ އާއި އެކުގައި މަސައްކަތް ކުރަން އެކަކުވެސް ބޭނުން ނުވާތީއެވެ.
އުރްފީއަކީ ބޮލީވުޑްގެ އޭލިސްޓްގެ ތަރިންނާއި އެއް ވަރަކަށް މަޝްހޫރު މީހެކެވެ. އޭނާގެ ހުރިހާ ހަރަކާތަކަށް ފާރަލައިގެން ޕަޕަރާޒީން އަބަދުވެސް އޭނާގެ ފަހަތުން އުޅެއެވެ.
އުރްފީ ބުނީ ބިގް ބޮސް އޯޓީޓީއިން އެންމެ ފުރަތަމަ އެލިމިނޭޓްވެގެން ލިބުނު މަޝްހޫރުކަން އިތުރުކުރުމަށް އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކުރި ނަމަވެސް އާންމުންގެ ފަރާތުން އޭނާ އަށް މަލާމަތް އަންނަނީ ރައްދުވަމުންނެވެ.
އުރްފީ ހުދު އަމިއްލަ އަށްވެސް އެގޮތަށް ހެދުން އަޅަނީ ސަމާލުކަން ހޯދަން ކަމަށް ވަނީ ބުނެފައިއެވެ. އަދި އެއާއި އެކުގައި އޭނާ ވަނީ އެކްޓިން ކެރިއަރެއް ބީނާ ކުރަން ބޭނުން ވާކަމުގެ ޝައުގުވެސް ފާޅުކޮށްފައިއެވެ.
އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ. އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ.
ކޮމެންޓު ފޮނުވާ