ކައިވެނީގައި މައްސަލަ ޖެހި، ވަރިފަށަށް އެރި ވާހަކަ އަސިން ދޮގުކޮށްފި

ކައިވެނީގައި މައްސަލަ ޖެހި، ވަރިފަށަށް އެރި ވާހަކަ އަސިން ދޮގުކޮށްފި

Author
ފާތިމަތު ނާވީ
05 ޖުލައި 2023 12:31
0

ކާމިޔާބު ފިލްމް "ގަޖިނީ" އިން އާންމުން ގެ ބޮޑު ސަމާލުކަމެއް ލިބިގެންދިއަ ބަތަލާ އަސިން އާއި ފިރިމީހާ ރާހުލް ޝަރުމާގެ ކައިވެނީގައި ކުނި ޖެހި ވަރަފަށް އަރައިފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކުރުމުން އަސިން އެކަން ދޮގު ކޮށްފިއެވެ.

އާސިން އާއި ވިޔަފާވެރިއެއް ކަމަށްވާ ރާހުލް ޝަރުމާ ކައިވެނިކުރީ 2016 ގަ އެވެ. އަދި އެދެމީހުންނަށް ވަނީ ދަރިއަކު ވެސް ލިބިފައިއެވެ. މި ކައިވެންޏަކީ ވަރަށް ކުލަ ގަދަކޮން ބޭއްވިގެން ދިއަ ކައިވެންޏެކެވެ.

މިދިއަ ހަފްތާގައި މީޑިއާތަކުން ވަނީ އަސިންގެ ކައިވެނީގައި މައްސަލަ ޖެހި ވަރަފަށަށް އަރައިފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައިއެވެ. މިއާއި އެކުގައި އެވާހަކަ ތަށް ދޮގު ކޮށް އަސިން ބުނެފައިވަނީ އޭނަ ވަރިފަށަށް އެރި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރިކަން އެނގުނީ ފިރިމީހާއާ އެކު އުފާވެރި ޗުއްޓީއެއްގައި އުޅެނިކޮށް ކަމަށެވެ.

އަދި މިއީ މިފަދަ ދޮގު ހަބަރުތަށް އޭނާއޭ ކިޔައިގެން ދެއްކި ފުރަތަމަ ފަހަރު ނޫން ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެފަދަ ދޮގު ނުފެތުރުމަށް ވެސް އަސިން ވަނީ އެދިފައިއެވެ.

ސައުތުގެ ފިލްމް ތަކުން މަޝްހޫރު ކަން ހޯދި 37 އަހަރުގެ ބަތަލާ ގެ ބޮލީވުޑްގެ ފިލްްމް ތަކުގެ ތެރޭގައި "ހައުސްފުލް 2″ އާއި "ލަންޑަން ޑްރީމްސް" އާއި "ރެޑީ" އަދި "ބޯލް ބައްޗަން" ހިމެނެ އެވެ. ނަމަވެސް ކައިވެންޏަށް ފަހު އޭނާ އެއްވެސް ވަރަކަށް ބޮޑު ސްކްރީން އިން ފެނިގެން ގޮސްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.