ބޮލީވުޑްގެ ޒުވާން ދެތަރިން ކަމުގައިވާ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެކުގައި ކުޅެފައިވާ ދެވަނަ ފިލްމް އަށް ވެސް ލިބެމުން އަންނަ ތަރުހީބު ވަރަށް ބޮޑު ކަމަށް ހަބަރުތަށް ބުނަށް ފަށައިފައިއެވެ.
އެގޮތުން އުންމީދު ކުރި ގޮތަށް ފިލްމް ރިލިޒް ކުރި ދުވަހުވެސް ފިލްމްވަނީ 9.25 ކަރޯޑްގެ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެއާއި އެކުގައި މި ފިލްމް ވެގެން ގޮސްފައިވަނީ މިއަހަރު ފިލްމް އެޅުވި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް ތަކުގެ އެންމެ ކުރީގައި ހިމެނިފައިއެވެ.
ހަތަރެއް ބައި ސްޓާ ލިބިފައިވާ މި ފިލްމް ގެ އާމްދަނީ އަށް ބަލާއިރުގައި މިއަދާއި ހަމައަށް 38.35 ކަރޯޑްގެ ވަނީ ހޯދައިފައިއެވެ. މިހާރު ކާމިޔާބު ވާނެ ކަމުގެ ކުލަތަށް ޖެހިފައިވާ ފިލްމް އަކީ 60 ކަރޯޑްގެ ބަޖެޓަކުން ހަދައިފައިވާ ފިލްމްއެކެވެ.
ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ކާމިޔާބީ އާއި އެކުގައި ކުރިއަށް އޮތްތަނުގައި ފިލްމް ސުޕަ ހިޓަކަށް ވާނެ ކަމާއި މެދުގައި ޝައްކެއް ނެއް ކަމަށް ރިޕޯޓްތަށް ބުނެއެވެ.
ކާރްތިކް އާރިޔަން އާއި ކިއާރާ އަދުވާނީގެ އިތުރުން އެ ފިލްމުން ފެނިގެން ދަނީ ސުޕްރިޔާ ޕަތަކް ކަޕޫރު، ގަޖްރާޖް ރާއޯ، ސިދާތު ރަންދެރިއާ، އަނޫރާދާ ޕަޓޭލް، ރާޖްޕަލް ޔާދާވް އެވެ.
ކޮމެންޓު ފޮނުވާ