ޖޯން އަބްރަހަމް މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ހައި އޮކްޓޭން ޑްރާމާ "ދަ ޑިޕްލޮމެޓް" އަށް ތައްޔާރުވަމުންނެވެ. ފިލްމު ރިލީޒްކުރާ ތާރީހާއެކު ފިލްމުގެ ޕޯސްޓަރު ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ޕޯސްޓަރުން ފެންނަނީ ވަރަށް އިންޓެންސް ކޮށެވެ. ޖޯން ލައިގެން ހުރި ކޯޓު ފަޓުލޫން ޖީބުގައި ދެއަތުން ހިފަހައްޓާލައިގެން ހުއްޓައި ޕޯސްޓަރުން ފެނިގެންދާ އިރުގައި ވަރަށް ހިއްގައިމެވެ.
"ދަ ޑިޕްލޮމެޓް" ގެ ސްކްރީންޕްލޭ ލިޔުނީ މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ލިޔުނު ރިތޭޝް ޝާހް އެވެ. އޭނަ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ޖޯންގެ 2019 ގެ "ބަތުލާ ހައުސް" އާއި 2011 ގެ "ފޯސް" ގެ އިތުރުން އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި އަޖޭ ދޭވްގަންގެ "ރެއިޑް" އަދި އަމީތާބް ބައްޗަންގެ "ޕިންކް" ހިމެނެ އެވެ.
"ދަ ޑިޕްލޮމެޓް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޖޯންގެ ފިލްމު ކުންފުނި، ޖޭއޭ އެންޓަޓައިންމަންޓްގެ އިތުރުން ޕްރޮޑިއުސަރު ވިޕުލް ޝާހް ގުޅިގެން ހަދާފައިވާ އެއްޗެކެވެ.
ކޮމެންޓު ފޮނުވާ