ސައުތުު ފިލްމް އިނަޑަސްޓްރީގައި މަޝްހޫރު އެކްޓަރު ރާމް ޗަރަން އާއި އުޕަސްނާ ކާމިނޭނީ ގެ އަލަތު ދަރިފުޅުގެ ނަން އިއުލާން ކޮށްފިއެވެ.
ކައިވެންޏަށް 11 ވަރަކަށް އަހަރު ފަހުން އެދެމަފިރިންނަށް ދަރިއަކު ލިބިފައިވަނީ މިދިއަ މަހުގެ 20 ވަނަ ދުވަހުގައިއެވެ. ރާމް އާއި އުޕަސްނާ ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގައިއެވެ.
މި ދެމަފިރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެދެމީހުންގެ އާއިލާ އާއި އެކުގައި ބޭއްވި ހަފްލާ އެއްގައި ދަރިފުޅުގެ ނަން މިވަނީ ހާމަކޮށްފައިއެވެ. އެގޮތުން އެމީހުންގެ ދަރިފުޅުގެ ނަމަކީ ކަލިން ކާލާ ކޮނިޑެލާ އެވެ.
މި އާއިލާ ކުޑަ ރަސްމިއްޔާތުގައި ދެފަރާތުގެ އާއިލާ އާއި އެކުގައި ނަގައިފައިވާ ފޮޓޯތަކެއްވެސް އެމީހުން ވަނީ އިންސްޓްރާމްގައި ހިއްސާކޮށްފައިއެވެ. ދަިރުޅު އުދޯއްޔެއްގައި ބާއްވައިގެން ނަގައިފައިވާ މި ފޮޓޯ ގައި އެކުއްޖާގެ މޫނެއް ނުފެނެއެވެ.
ޗަރަން، 37، އާއި އުޕާސްނާ ކަމިނޭނީ، 33، ކައިވެނިކުރީ 2012 ގަ އެވެ. އެދެމީހުންނަށް އަލަތު ދަރިއަކު މި ލިބެނީ ކައިވެންޏަށް 10 އަހަރު ފަހުންނެވެ. ރާމް އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައި ވަނީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިއެވެ.
ރާމް އަކީ އިންޑިއާގެ އެންމެ މަޝްހޫރު ތެލެގޫ އެކްޓަރުންގެ ތެރެއިން އެކެކެވެ. ރާމް އަކީ މަޝްހޫރު އެކްޓަރު ޗިރަންޖީވީގެ ދަރިއެކެވެ. އަނެއް ކޮޅުން އުޕަސްނާ އަކީ ވިޔަފާރީ ވެރިއެއް ކަމުގައި ޕާޓަކް ސީ ރެޑީގެ ކާފަދަރިއެކެވެ. ޕާޓަކް އަކީ އެޕޯލޯ ހޮސްޕިޓަލްގެ ފައުންޑާއެވެ. އުޕަސްނާގެ މަންމަ ޝޮބާނާ ކާމިނޭނީ އަކީ އެޕޯލޯ ހޮސްޕިޓަލް ގެ އެގްޒެކެޓިވް ވައިސް ޗެއާ ޕާސަންއެވެ.
ކޮމެންޓު ފޮނުވާ