ޓައިގާ އާއި ދިޝާ އަލުން ރައްޓެހިވީތަ

ޓައިގާ އާއި ދިޝާ އަލުން ރައްޓެހިވީތަ

Author
ފާތިމަތު ނާވީ
06 ޖުލައި 2023 05:57
0

އަހަރު ތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރުޅިވި ދެ ލޯބިވެރިން ކަމުގައިވާ ޓައިގާ ޝްރޮޕް އާއި ދިޝާ ޕަޓާނީ އަލުން  ލޯބީގެ ގޮތުން ގުޅިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.

މިވާހަކަތަށް ދެކެވެން ފެށި ދުވަސްގަނޑަކަށް ފަހު ދެމީހުން އެކުގައި އިވެންޓަކުން ފެނުމާއި ގުޅިގެންނެވެ. މި އިވެންޓުގައި ދެމީހުން ވަރަށް ކައިރީގައި އިށީނދެގެން ތިއްބައި ނަގައިފައިވާ ވީޑިއޯ ކޮޅެއް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by yogen shah (@yogenshah_s)

އަދި ހަމަ މީގެ އިތުރުން ދެމީހުން އެކުގައި ދަތުރު ކުރާ ވީޑިއޯ ކޮޅެއް ވެސް ވަނީ ވައިރަލް ވެފައިއެވެ. މަތިންދާބޯޓެއްގެ ތެރޭގައި ނަގައިފައިވާ މި ވީޑިއޯ ކޮޅުގައި ދިޝާގެ މިހާރު ލޯބިވެރިޔާ ކަމަށް ބުނާ އޭނާގެ ޖިމް އިންސްތްރަކްޓަރު ވެސް ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ޓައިގަރއާއި ދިޝާގެ ހަ އަހަރު އެކުގައި އުޅުމަށްފަހު ދެ މީހުން ރުޅިވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ގުޅުން ނިމުމުން ވަރަށް ގިނަ ސަޕޯޓަރުން ވެސް މާޔޫސްވިއެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ކޮފީވިތް ކަރަންގެ ޝޯގައި ޓައިގާ ވަނީ އޭނާގެ މިހާރު ލޯބިވެރިއެއް ނެތް ކަމަށް އެއްބަސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.