ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލެ ސަރަހްދާއި މުޅި ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީއަށް ޚާރިޖީ ވަޒީރު މިނިސްޓަރ ޝާހިދު ތަޢުރީފް ކުރައްވައިފިއެވެ.
ސަރުކާރުގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކަކާއި ގުޅިފައިވާ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފއްޓެވުމާއި ގުޅިގެން ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގުޅިފަޅު މަޝްރޫޢަކީ މުޅި ރާއްޖެ ބަދަލުކޮށްލާނެ މަޝްރޫޢެއް ކަމަށެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އަދި އިޤްތިސޯދީ ގޮތުންވެސް އެތައް ބަޔަކު ފުދުންތެރިވެގެންދާނެ ބިޔަ މަޝްރޫޢެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
ގުޅިފަޅު މަޝްރޫޢު އާއެކު މުޅިރާއްޖެ ބަދަލުވެ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ޒަމާންވީ ކެކުޅުންތަކަށް ތަސައްލީ ލިބޭނެ. ޢުމުރާނީ ތަރައްޤީއާ ވިޔަފާރިއާ އިޖުތިމާޢީ ހަމަޖެހުމުގައި، ޤައުމީ ތާރީޚުގައި މި ލިޔެވެނީ މުޅިން އައު ބާބެއް. މާދަމާގެ ރާއްޖެއަކީ އުފާވެރި ރާއްޖެއަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެގެންދަވަނީ ހައްދަވައިދެއްވަމުން.
– ޝާހިދު ވިދާޅުވިއެވެ.
ގުޅިފަޅު މަޝްރޫޢު އާއެކު މުޅިރާއްޖެ ބަދަލުވެ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ޒަމާންވީ ކެކުޅުންތަކަށް ތަސައްލީ ލިބޭނެ. ޢުމުރާނީ ތަރައްޤީއާ ވިޔަފާރިއާ އިޖުތިމާޢީ ހަމަޖެހުމުގައި، ޤައުމީ ތާރީޚުގައި މި ލިޔެވެނީ މުޅިން އައު ބާބެއް. މާދަމާގެ ރާއްޖެއަކީ އުފާވެރި ރާއްޖެއަކަށް ރައީސް… pic.twitter.com/UH6JcjyzXE
— Abdulla Shahid (@abdulla_shahid) July 3, 2023
ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢުގެ ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ޢިއުލާންކުރައްވާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުގައި އަލަށް ހިއްކާ ސަރަޙައްދުންނެވެ. މިއީ ރާއްޖޭގެ އެއް ސަރަޙައްދެއްގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢުކެވެ.
ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ތަރައްޤީކޮށްފައިވާ ފަޅެކެވެ. 2010 ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ.