ދައުރުން ބޭރު ޖަލްސާ ފެށުމާއެކު، ޖަލްސާ ނިންމާލައިފި

ދައުރުން ބޭރު ޖަލްސާ ފެށުމާއެކު، ޖަލްސާ ނިންމާލައިފި

Author
ހުސެއިން
03 ޖުލައި 2023 10:09
0

އެމްޑީޕީން އެދިގެން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުގެ ޖަލްސާ ފެށުމާއެކު، ރިޔާސަތުގައި އިންނެވި، ވިލިފުށީ ދާއިރާގެ މެމްބަރުން ހަސަން އަފީފު ޖަލްސާ ނިންމާލައިފިކަން އިއުލާން ކޮށްފިއެވެ.

އާންމު ޖަލްސާތަކެކޭ އެއްފަދައިން މިއަދުގެ ޖަލްސާ ފެށުމަށްފަހު، އެއަށްފަހު ދެން އިއްވީ ޖަލްސާގެ އެންޑާއެވެ. އެހެންނަމަވެސް އެޖެންޑާ އިއްވުމަށްފަހު ހަސަން އަފީފު ދެން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ޕާޓީތަކުގެ ކޮމްޕޮޒިޝަނަށް އައިސްފައިވާ ބަދަލުތަކެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލިހުގެ ދާއިމީކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތަކެވެ. އެހެންނަމަވެސް ޖަލްސާ ފެއްޓެވުމަށްފަހު ހަސަން އަފީފުވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އަދި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަމުގައެވެ.

އެގޮތުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ އަދަދު މިހާރު ކުރިއަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރައްވާ ހަސަން އަފީފުވަނީ ޕާޓީތަށް މިހާރު ނިސްބަތްވާ މެމްބަރުންގެ އަދަދު އިއުލާން ކުރައްވާފައެވެ. އެއަށްފަހު ހަސަން އަފީފު ވިދާޅުވީ ދެން ޖަލްސާ ކުރިޔަށް ގެންދަވާނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެމްބަރުންނަށް ފޮނުއްވުމަށްފަހު ކަމަށެވެ.

އަފީފު އެޖެންޑާގައި ހިމެނޭ އެހެންކަމަށް ފުރުސަތު ނުދެއްވާ ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރައްމުން ގެންދެވިއިރު އެމްޑިޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނެގުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަފީފު ޖަލްސާ ނިންމަވާލައްވާފައިވަނީ އެއްވެސް ނިޒާމީ ނުކުތާއަކަށް ފުރުސަތު ނުދެއްވައެވެ.

އަދި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއްވެސް އަފީފު އިއުލާން ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ރައްޔިތުން
ރައްޔިތުންގެ މަޖިލިސް މިހާރު ތިދަނީ އަމާ ބުނީތީ ފަރަށް