ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑު ޖަހާލައިފިއެވެ.
ކުމުންދޫ ކައުންސިލް ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކުމުންދޫ ނެރު މައްޗައް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ބަންޑުން ޖަހާލާފައިވާކަމަށެވެ. ދަތުރުކުރި 6 މީހުނަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްކުރެވިފައި ކަމަށާއި، ނަމަވެސް ޑިންގީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ކައުންސިލް ރައީސް އަމީން ވިދާޅުވިއެވެ.
ކުމުންދޫ ކައުންސިލް ރައީސްގެ ކަންބޮޑުވުމާއި ގުޅިގެން ރާއީ ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ދީފައިވާ ތާރީޚަށް މަސައްކަތް ނުނިންމާތީ ނުހަނު ކަންބޮޑުވާކަމަށެވެ.
މަސައްކަތް ނިންމަން ހަވާލު ކުރެވުނު ތާރީޙް ފަހަނަ އަޅައި ގޮސްފީ، އަދި ވެސް އުއްމީދު ކުރަނީ މިހާރު ނިންމާނެ ކަމަށް ދީފައިވާ މުއްދަތަށް ޖުލައި މަހުގެ ނިޔަލަށް ކުމުންދޫ ނެރުގެ މަސައްކަތް ނިންމާލާނެ ކަމަށް. މި މަސައްކަތަކީ ރޭވުންތެރިކަމާއި އިސްކަންދީގެން ފަށައި ކުރިއަށް ގެންދިޔަނަމަ މާކުރިންސުރެ ނިމިފައިވާނެ މަސައްކަތެއް.
– މެމްބަރު ރާއީ ވިދާޅުވިއެވެ.
މަސައްކަތް ނިންމަން ހަވާލު ކުރެވުނު ތާރީޙް ފަހަނަ އަޅައި ގޮސްފީ، އަދި ވެސް އުއްމީދު ކުރަނީ މިހާރު ނިންމާނެ ކަމަށް ދީފައިވާ މުއްދަތަށް ޖުލައި މަހުގެ ނިޔަލަށް ކުމުންދޫ ނެރުގެ މަސައްކަތް ނިންމާލާނެ ކަމަށެވެ، މި މަސައްކަތަކީ ރޭވުންތެރިކަމާއި އިސްކަންދީގެން… https://t.co/Ds27iqTfur
— Mohamed Raee / Makunudhoo Constituency (@Mraee12) July 2, 2023
ކުމުންދޫ ނެރުގެ މައްސަލާގައި އެރަށުގެ ރައްޔިތުން ވަނީ އެކި ފަހަރު މަތީން ކަމާއި ގުޅުންހުރި އިދާރާތަކަށް ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެގޮތުން ނެރު އޮތްގޮތުން މީހުންނަށާއި، މުދަލަށާއި، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިމުންދާކަން އެތަށުުގެ ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.