ޓުވިޓަރ ހޭންޑްލްތަކުން ދުވާކަހަށް ބެލޭ ޓުވީޓުތަކުގެ އަދަދު ލިމިޓް ކޮށްފި

ޓުވިޓަރ ހޭންޑްލްތަކުން ދުވާކަހަށް ބެލޭ ޓުވީޓުތަކުގެ އަދަދު ލިމިޓް ކޮށްފި

އެކި ޓުވިޓަރ ހޭންޑްލްތަކުން ދުވާލަކަށް ބެލޭ ޓުވީޓުތަކުގެ އަދަދު ޓުވިޓަރއިން ލިމިޓް ކޮށްފިއެވެ.

ފާއިތުވެދިޔަ އަހަރު ޓުވިޓަރ ޕްލެޓްފޯމު ގަނެފައިވާ، ޓުވިޓަރ ކުންފުނީގެ މިހާރުގެ ވެރިޔާ، މަހުޖަނު އެލޮން މަސްކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިބަދަލަކީ ޓުވިޓަރގެ ޑާޓާ އެހެން ފަރާތްތަކުން ބޭނުންކުރާ ކުރުން ހުއްޓުވުމަށާއި އަދި އޭގެ އިތުން ސިސްޓަމްގެ ބޭނުން ނަހަމަ ގޮތުގައި ހިފާހިފުން ހުއްޓުވުމަށް ގެނެސްފައިވާ ބަދަލެއް ކަމުގައެވެ.

މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ޓުވިޓަރއިން އަލަށް ގެނެސްފައިވާ މި ބަދަލާއެކު، އޮންލައިންގެ ހަރަކާތްތައް މޮނިޓަރކުރާ ވެބްސައިޓެއް ކަމުގައިވާ "ޑައުންޑިޓެކެޓަރ"އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި 7،500 އަށްވުރެ ގިނަ މީހުންނަށް ޓުވިޓަރ ބޭނުން ކުރުމުގައި މައްސަލަތައް ކުރިމަތިވެފައިވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ޓުވިޓަރއިން ގެނައި މިބަދަލު އިއުލާން ކުރައްވަމުން އެލޮން މަސްކު އެންމެ ފުރަތަމަ ޓުވީޓު ކުރައްވާފައިވަނީ ވެރިފައި ކޮށްފައިވާ ހޭންޑްލްތަކަށް ދުވާލަކަށް ބެލޭނި 6،000 ޓުވިޓަރ ޕޯސްޓު ކަމުގައެވެ. އަދި ވެރިފައި ނުކޮށް ހުންނަ ހޭންޑްލްތަކަށް ދުވާލަކަށް ބެލޭނީ 6،00 ޓުވިޓަރ ޕޯސްޓު ކަމުގައެވެ. އަދި ވެރިފައި ނުކޮށް ހުންނަ، އަލަށް ހަދާ ހޭންޑްލްތަކަށް ބެލޭނީ 3،00 ޓުވިޓަރ ޕޯސްޓު ކަމަށްވެސް އޭނާގެ ޓުވީޓުގައި ލިޔުއްވާފައި ވެއެވެ.

އެހެންނަމަވެސް އޭނާ ފަހުން ޓުވީޓު ކޮށްފައިވާ ގޮތުގައި ވެރިފައި ކޮށްފައިވާ ހޭންޑްލްތަކަށް ދުވާލަކަށް ބެލޭނީ 10،000 ޓުވިޓަރ ޕޯސްޓެވެ. އަދި ވެރިފައި ނުކޮށް ހުންނަ ހޭންޑްލްތަކަށް ދުވާލަކަށް 1،000 ޕޯސްޓް ބެލޭއިރު އަލަށް ހަދާ، ވެރިފައި ނުކޮށް ހުންނަ ހޭންޑްލްތަކަށް ލެބޭނެ އަދަދަކީ 5،00 ޓުވިޓަރ ޕޯސްޓެވެ.

ޓުވިޓަރއިން ގެނައި މި ބަދަލާއި ގުޅޭ އިތުރު ތަފްސީލު އޭނާ ދީފައެއް ނުވެއެވެ.

ޓުވިޓަރއިން ގެނެސްފައިވާ މި ބަދަލާއެކު، ބެލެވޭ ގޮތުގައި، ދުވާލަކަށް ހަމަޖެހިފައިވާ އަދަށްވުރެ އިތުރަށް ސްކްރޯލް ނުކުރެވޭ ގޮތަށް ޓުވިޓަރ ހޭންޑްލް ލޮކް ވެގެންދާނެއެވެ.

ހުކުރުދުވަހު މަސްކު ޓުވީޓު ކޮށްފައިވާ ގޮތުގައި މިބަދަލަކީ ވަގުތީގޮތުން ގެނައި ބަދަލެކެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ އާންމު ހޭންޑްލަތަކަށް ދަތިވާވަރަށް ޓުވިޓަރގެ ޑާޓާތައް ފުނިޖެހެމުން ދިއުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *