މިދިއަ މަހުގައި ވަނަ ދުވަހުގައި ކައިވެނި ކުރި ބޮލީވުޑްގެ ބަތަލާ ސޮނާލީ ސޭގަލްގެ ހަނީމޫން ރާއްޖޭގައި ހޭދަކުރަމުން އެބަދަ އެވެ.
މިދިއަ ޖޫން މަހުގެ 7 ވަނަ ދުވަހުގައި ވަރަށް ކުލަގަދަ ހަފްލާ ތަކަކާއި އެކުގައި ހިންދީ ދީނުގެ އާދަކާދަ ތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރެވިގެންދިއަ މި ކައިވެނީގައި ބޮލީވުޑްގެ ގިން ތަރިންތަކެއް ބައިވެރިވިއެވެ.
ސޮނާލީ ކަިއވެނި ކުރީ ފިލްމީ ދާއިރާ އާއި އެއްވެސް ވަރަކަށް ގުޅުމެއް ނެއް އަޝޭޝް އެލް ސަޖްނާނީ އާއިއެވެ. އެމީހުން ހަނީމޫން ހޭދަކުރަމުން އަންނަނީ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސްގަ އެވެ. އެ ތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އެ މީހުންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ސޮނާލީ ބޮލީވުޑްއަށް ތައާރަފްވީ 2011 ވަނަ އަހަރުގެ ފިލްމް "ޕިޔާރް ކާ ޕަންޗުނާމާ" އިންނެވެ. އެއީ މިހާރު ބޮލީވުޑްގައި އެންމެ ގަދައަށް ފިޔަ ޖަހަމުން އަންނަ އެކްޓަރު ކާތިކް އާރިޔާންވެސް ބޮލީވުޑްއަށް ތައާރަފްވި ފިލްމްއެކެވެ. ސޮނާލީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޖޭ މަމީ ދީ" ކިޔާ ފިލްމްއަކުނެވެ.
ކޮމެންޓު ފޮނުވާ